ހުޅުމާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

ފުލުހަކު އެމްބިއުލާންސެއް ކައިރީ މަޑުކޮށްލައިގެން: މިއަދު ވަނީ ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ، މިއަދު ޒަޚަމުކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކަށް ބުނީ، ތޫނު އެއްޗަކުން ހަމަލާދީފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންވެ، ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނި ނަމަވެސް، އިތުރު ތަފުސީލެއް ނުދެއެވެ.

އިތުރު ތަފްސީލު ހޯދާލުމަށް 'ސަން'އިން ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަށް ގުޅިނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވައެވެ.

މީގެކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން، މީގެ ދެހަފުތާއެއް ކުރިން މާލޭ، މަޖީދީ މަގުގައި ވަނީ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފައެވެ. އޭގެކުރިން، މިދިޔަ މަހު ފަހުކޮޅު ސޯސަންމަގުގައި މީހަކަށް ހަމަލާދީ ޒަޚަމުކޮށްލިއެވެ.

comment ކޮމެންޓް