ޝާރްޖާގެ އަމީރުގެ ފަރާތްޕުޅުން ކަށިމާ ޝާކިރަށް އެވޯޑެއް

ޝާރުޖާ އަމީރު ކަށިމާ ޝާކިރާ އެވޯޑު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ މިނިސްޓަރު އާދަމް ނަސީރު

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ޝާރުޖާގެ އަމީރު ޞާޙިބުއްސުމުއްވު އައްޝައިޚު އައްދުކްތޫރު ސުލްޠާނު ބިން މުޙައްމަދު އަލްޤާސިމީ، ދިވެހި ގައުމިއްޔަތުގެ ތާރީޚު އިސްވާރު ކަށިިމާ އަޙްމަދު ޝާކިރާ ޚާއްޞަ އެވޯޑެއް ދެއްވައިފިއެވެ.

ކަށިމާ ޝާކިރަށް މި އެވޯޑު ދެއްވީ، ޝާރުޖާ އިންސްޓިއުޓް އޮފް ހެރިޓޭޖުގެ ފަރާތުން އިންތިޒާމު ކުރިއަށްދާ 'ޝާރުޖާ އިންޓަނޭޝަނަލް ނެރޭޓާސް ފޯރަމް'ގައެވެ.

ސަގާފަތާ ބެހޭ ވުޒާރާއިން ބުނީ، ޝާކިރަށް ލިބިވަޑައިގެންނެވީ މި އަހަރުގެ ޝަރަފުވެރި ރާވީގެ އެވޯޑު ކަމަށެވެ.

އެގޮތުން، މި އެވޯޑު ދެއްވަނީ ގައުމެއްގެ ތަރިކައިގެ ދާއިރާއަށް ކުރައްވާފައިވާ މަސައްކަތްތަކާއި ޚިދުމަތުގެ ސަބަބުން އެ ބޭފުޅަކީ ތަރިކައިގެ ދާއިރާގެ ޚާޒާނާއެއް ކަމަށް އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭފުޅުންނަށް ކަމަށް ވުޒާރާއިން ބުންޏެވެ.

ކަށިމާ ޝާކިރާ އެވޯޑު ހަވާލުކޮށްދެއްވަނީ: މިއީ ތަރިކައިގެ ދާއިރާގެ ޚަޒާނާއެއް ކަމަށް އެގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭފުޅަކަށް ދޭ އެވޯޑެއް ކަމަށް ވުޒާރާއިން ބުނޭ ---- ފޮޓޯ/ މިނިސްޓަރު އާދަމް ނަސީރު

ކަށިމާ ޝާކިރަކީ ދިވެހި ތާރީޚަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެތައް ބޭފުޅުންނެއްގެ ހަޔާތުނާމާތައް ޝާކިރު ލިޔުއްވާފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 1985ވަނަ އަހަރު ޝާކިރަށް ވަނީ ގައުމީ އިނާމު ލިބިވަޑައިގެންފައެވެ.

ސަޤާފަތާ ބެހޭ ވުޒާރާއިން ބުނީ، ގައުމިއްޔަތު އިސްވަރުގެ ވިލަރެސްވެރީން ތަމުރީނުކުރުމާއި މުޤައްރަރުތައް ފަރުމާކުރުން ފަދަ މަސައްކަތްތައް ޝާކިރު ކުރައްވާ ކަމަށެވެ.

މިއަދުގެ ނިޔަލަށް ކުރިއަށްދާ ޝާރުޖާ ފޯރަމުގެ އެކި ދަންފަޅިތަކުގައި ރާއްޖޭގެ ތާރީޚާ ބެހޭ ހުށަހެޅުންތައް ޝާކިރު ވަނީ ހުށަހަޅުއްވާފައެވެ. އަދި، ޝަރަފުވެރި ރާވީގެ އެވޯޑު ލިބިވަޑައިގަތުމާ ގުޅިގެން ޝާރުޖާގެ ބައެއް ޓީވީ ޗެނަލްތަކުން އޭނާގެ ބަސްދީގަތުންތައް ނަގާފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

https://sun.mv/196362

ދިވެހި ގައުމިއްޔަތު އިޔާދަކުރުމަށް 'ދިވެހި ގައުމިއްޔަތުގެ އިސްވަރު' ސެޕްޓެންބަރު ހަތަރެއް، 2024ގައި އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. މި އިސްވަރު އެކުލެވިގެންވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެއީ، ދިވެހި ބަސް، ދިވެހި ތާރީޚު، ދިވެހި ތަރިކަ، ދިވެހި ސުމޭކު އަދި ދިވެހި ފަންނުގެ ދާއިރާއެވެ.

އެ އިސްވަރުގައި ޝާކިރުގެ އިތުރަށް ހިމެނިވަޑައިގަންނަވާ އިސްވާރުންނަކީ، މަރްޔަމް ތައުފީގާއާއި
ހަސަން ޒަރީރާއި މުހައްމަދު އަބްދުލްގާދިރުގެ އިތުރަށް މަރިޔަމް އިޝާ އަޒީޒެވެ.

comment ކޮމެންޓް