ފ. ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މީީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ނިލަންދޫން ކުއްޖަކު ގެއްލިގެން އުޅޭ މައްސަލައެއް މިރޭ 22:15ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާ މިއަދު ހަވީރު ގެއިން ނުކުތް ގޮތަށް ޚަބަރެއް ވެފައި ނުވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފާހަަގަކޮށްލެވޭ ގޮތުގައި، ޒުވާނުންނާއި ކުޑަކުދިން ގެއްލިގެން ދޭތެރެއަކުން ރިޕޯޓުކުރާ ނަމަވެސް، އާންމު ގޮތެއްގައި ހޯދަން އިއުލާންކުރާތާ މާ ގިނައިރުތަކެއް ނުވެ އެ ކުއްޖަކު ނުވަތަ މީހަކު ފެނެއެވެ.