މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ރ. ދުވާފަރުގައި އޭއެފްސީ "ބީ" ލައިސަންސް ކޯޗިން ކޯހެއް ފަށައިފިއެވެ.
މިމަހުގެ 15 ވަނަ ދުވަހު މި ކޯސް ފަށާފައިވަނީ ޖުމްލަ 16 ބައިވެރިންނާއެކު އެވެ. މި ކޯސް ކުރިއަށްދާނީ އަންނަ މަހު ތިނެއްގެ ނިޔަލަށެވެ.
މިކޯހުގައި ރާއްޖޭގެ އިތުރުން ބޭރުގެ ކޯޗުން ބައިވެރިވެއެވެ. އެގޮތުން އިންޑިއާ އަދި ޕާކިސްތާނަށް ނިސްބަތްވާ ތިން ފަރާތަކުން މިކޯހުގައި ދަނީ ތަމްރީނުވަމުންނެވެ.
މިކޯހުގައި ކިޔަވައިދެއްވަނީ ފުޓުބޯޅައިގެ ތަޖުރިބާކާރު ކޯޗު މުހަންމަދު ޝާޒްލީއެވެ. ތިއަރީ އަދި ޕްރެކްޓިކަލް ބައިތައް ހިމެނޭހެން ކިޔަވައިދޭ މިކޯހުގައި ތަފާތު ގިނަބައިތަކެއްވަނީ ހިމަނާފައެވެ.
އޭގެތެރޭގައި ހިމެނެނީ މުއާމާލާތްކުރުމުގެ ހުނަރާއި، ފުޓުބޯޅައިގެ ހުނަރުތަކުގެ އިތުރުން، ސްޕޯޓްސް ސައިކޮލޮޖީއެވެ. މީގެ އިތުރުން މެޗު އެނެލިސިސްއާ ޓީމް އެޓޭކިން އަދި މީޑިއާ ރިލޭޝަންއާ ގުޅުންހުރި ބައިތައްވެސް މި ކޯހުގެ ބައިވެރިންނަށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ ދެ އަހަރުކު ރިން ވެސް ރ. ދުވާފަރުގައި ވަނީ އޭއެފްސީ ސީ އަދި ޑީ ލެވެލް ކޯސް ބާއްވާފައެވެ.