އަބްދުއްރަހްމާންގެ ޕޯސްޓްމޯޓަމް ހަދަން ފޮނުވާލަނީ ހޯމަ ދުވަހު، ގާތިލު އަދިވެސް ނުހޯދޭ

އއ. މާޅޮހުގައި މަރައިލި އެ ރަށު އޯކިޑުމާގެ، އަބްދުއްރަހްމާން އާދަމް: ޕޯސްޓްމޯޓަމް ހަދަން ފޮނުވާލަނީ އާދީއްތަ ދުވަހު --

މިދިޔަ އާދީއްތަ ދުވަހުގެ ދަންވަރު އއ. މާޅޮހުގައި މަރާލި އެ ރަށު އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވާލަން ހަމަޖެހިއްޖެއެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާނުގެ ބޮލަށް ވަރަށް ރަހުމު ކުޑަ އަނިޔާތަކެއް ދިން ކަން އެނގިގެން ފަރުވާ ދޭން ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރު 01:50 ހާއިރެވެ. މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށް އޭނާ މަރުވީ ފަތިހުގެ ވަގުތެއްގައެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ފުލުހުން މިއަދު "ސަން" އަށް ބުނީ، މައްސަލައިގެ ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށާއި، ނިޔާވި ސަބަބު ދެނެގަންނަން ޕޯސްޓުމޯޓަމް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އަންނަ ހޯމަ ދުވަހު ޓްރިވެންޑްރަމަށް ފޮނުވާލަން މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އަބްދުއްރަހްމާންގެ ގާތިލް ހޯދުމަށް ތަހްގީގުގެ ތެރެއިން މަސައްކަތްކުރަމުން ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަބްދުއްރަހްމާނުގެ ދަރިފުޅު އަހްމަދު ނިމާލު އާދީއްތަ ދުވަހު "ސަން"އަށް ބުނީ، އޭނާގެ ބައްޕައާއި އެއްވެސް މީހަކާ ދެމެދު މައްސަަލައެއް ނުވަތަ ރުޅިވެރިކަމެއް އޮވެދާނެ ކަމަށް ޝައްކުނުކުރެވޭ ކަމަށެވެ.

އެ ރަށު މީހުން ބުނާ ގޮތުން ނަމަ އަބްދުއްރަހްމާނަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. އަދި، އޭނާއާމެދު ޒާތީ ހަސަދައެއް ނުވަތަ ނަފުރަތެއް އޮވެދާނެ މީހަކު ހުރެދާނެކަމަށް ފާހަގަނުވާކަމަށް ބުނެއެވެ.

comment ކޮމެންޓް