މިދިޔަ މަހު އެކަނި 69 ސައިކަލު ހޯދި، އަގު ތިން މިލިއަނަށް

ޕާކުކޮށްފައި ހުރި ސައިކަލުތަކެއް: މިދިޔަ މަހުގެ ތެރޭގައި ވަނީ 69 ސައިކަލު ހޯދާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގެއްލޭ ތަކެތި ހޯދަން ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ނިމުނު ޖޫން މަހު އެކަނި 69 ސައިކަލު ހޯދިއިރު، އެ ސައިކަލުތަކުގެ އަގު ތިން މިލިއަން ރުފިޔާއަށް މަތިވާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަ މާލޭގައި ތަފާތު ގޮތްގޮތަށް އަގުބޮޑެތި ސާމާނާއި ފައިސާ ވަގަށް ނަގައެވެ. އެގޮތަށް ގެއްލޭ ތަކެތި ހޯދުމަށް ފުލުހުން ބުރަ މަސައްކަތްތަކެއް ކުރާއިރު، ނިމުނު ޖޫން މަހު މާލެ ފްރަންޓްލައިން ޕޮލިސިން ޑިޕާޓުމަންޓުތަކުން ކުރާ މަސައްކަތުގެ ތެރެއިން ހޯދި މުދަލުގެ ތަފާސްހިސާބުތައް ވަނީ މިއަދު އާންމުކޮށްފައެވެ.

އެގޮތުން، މިދިޔަ މަހު 69 ސައިކަލު ފުލުހުން ވަނީ ހޯދާފައެވެ. އެ ތަކަތީގެ އަގު ޖުމުލަ 3،303،429 ރުފިޔާއަށް އަގު އަރާއިރު އެކި ގޮތްގޮތަށް ގެއްލިފައި ހުރި ފައިސާ ވެސް ފުލުހުން ވަނީ ހޯދާފައެވެ.

ޖުމުލަ 406،098 ރުފިޔާ މިދިޔަ މަހުގެ ތެރޭގައި ފުލުހުން ވަނީ ހޯދާފައެވެ.

އިތުރަށް ފުލުހުން ހޯދި ތަކެތީގެ ހިސާބުތައް:

  • 29 މޮބައިލް ފޯނު ހޯދި، އެތަކެތީގެ އަގު 202،375 ރުފިޔާއަށް އަރާ
  • އަށް އިލެކްޓްރޯނިކް ތަކެތި، އެއީ 80،400 ރުފިޔާގެ މުދާ
  • އެހެނިހެން 61 ތަކެތި، އެތަކެތީގެ އަގު 110،263 ރުފިޔާއަށް އަރާ

ފުލުހުން ވަނީ މިދިޔަ މަހު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 13 ބިދޭސީއަކު ވެސް އިމިގްރޭޝަނާ ހަވާލުވެސް ކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ފުލުހުން ވަނީ ގިނަ ގައުމުތަކެއް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގާފައިވާ އޮޕަރޭޝަނެއްގައި ބައިވެރިވެ، ސްކޭމްތަކާ ދެކޮޅަށް ވެސް ގިނަ މަސައްކަތްތަކެއްކޮށްފައެެވެ.

https://sun.mv/207313

އެ އޮޕަރޭޝަންގައި އެ އޮޕަރޭޝަނުގައި އެންމެ މަތީ ރިކަވަރީ ރޭޓެއް ރާއްޖެއިން ހޯދިއިރު، އޮޕަރޭޝަންގެ މުއްދަތުގައި ގެއްލުނު 640,000 ރުފިޔާ ފުލުހުން ވަނީ އަނބުރާ ހޯދާފައެވެ.

comment ކޮމެންޓް