މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވިގެން މާލެއިން ދެބެއިން އިއްޔެ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، އުމުރުން 41 އަހަރުގެ އިބްރާހީމް ޝަރީފާއި ހަމަ އެ ގޭ، ޙަމްޒާ ޝަރީފެވެ.
މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 90.54 ގްރާމްގެ ތަކެތި ފެނުނުކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އިބްރާހީމް ޝަރީފްއާއި ޙަމްޒާ ޝަރީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގުކުރަމުންނެވެ.
މީގެ ކުރިން ވެސް އާއިލީ ގޮތުން ގުޅުންހުރި މީހުން މިފަދަ ގާނޫނާ ޚިލާފު ކަންކަންކުރުމުގައި ޝާމިލުވެ އުޅުމުގެ ތެރެއިން ހައްޔަރުކޮށްފައިވެއެވެ.
މަސްތުވާތަކެތީގެެ މައްސަލަތައް އާންމުއިރު، މިދިޔަ ހުކުރު ދުވަހު ވެސް ވަނީ، ރާއްޖެ އެތެރެކުރުން މަނާ ބޭސް ގުޅަތަކެއް ގެންގުޅުމާއި، މަސްތުވާތަކެތި ގެންގުޅުނުކަމަށް ބުނެ ހައްޔަރުކޮށްފައެވެ.