ހުޅުމާލެއިން ސްކޫލަކަށް ދިޔަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު ފެނިއްޖެއެވެ.
ފުލުހުން މީގެ ކުރިން ބުނީ ހޯދަމުން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.
އާއްމުކޮށް ގެއްލޭ ކުދިންގެ ވަނަވަރު ހާމަ ކުރި ނަމަވެސް މި ކުއްޖާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 08:30 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ހިޔާޓަވަރު އަށަކުން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ފުލުހުން ދެންމެ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވަނީ 12:18ހާއިރު ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަަލަމުންނެވެ.
ކުޑަކުދިންނާއި ޒުވާނުން ވެސް އާއިލާއަށް ޚަބަރެއް ނުވެގެން ހޯދަން އިއުލާން ކުރުމަކީ ދޭތެރެދޭތެރެއިން ހިނގާ ކަމެކެވެ. އިއުލާން ކުރާތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ މީހުން އާއްމުކޮށް ފެނެއެވެ.