ހުޅުމާލެއިން ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ފުލުހެއް މަގުމަތީގައި: ދިރާގުން ވަނީ ރޯޑް ރޭސް ކުރިއަށްދާ ވަގުތު ރޫޓްތައް ބަންދުކުރާނެ ކަމަށް ބުނެފައި -- ފޮޓޯ/ ދިރާގު

ހުޅުމާލެއިން ސްކޫލަކަށް ދިޔަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ ހޯދަމުން އަންނަނީ ހުޅުމާލެ ފޭސް ދޭއްގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ކަމަށެވެ.

އާއްމުކޮށް ގެއްލޭ ކުދިންގެ ވަނަވަރު ހާމަ ކުރި ނަމަވެސް މި ކުއްޖާގެ ވަނަ ވަރު އަދި ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފަ ވަނީ މިއަދު ހެނދުނު 08:30 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ހިޔާޓަވަރު އަށަކުން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުންނަށް ވަނީ ކަށަވަރު ކުރެވިފައި ކަމަށެވެ.

އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލް ގުޅިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަންބަރު 9310707 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެދޭ ކަމަށެވެ.

ކުޑަކުދިންނާއި ޒުވާނުން ވެސް އާއިލާއަށް ޚަބަރެއް ނުވެގެން ހޯދަން އިއުލާން ކުރުމަކީ ދޭތެރެދޭތެރެއިން ހިނގާ ކަމެކެވެ. އިއުލާން ކުރާތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ މީހުން އާއްމުކޮށް ފެނެއެވެ.

comment ކޮމެންޓް