ގައުމީ ގުރުއާން މުބާރާތް ކައުންސިލްތަކާއި ގުރުއާން ކްލާސްތަކަށް ހުޅުވާލަނީ

ގައުމީ ގުރުއާން މުބާރާތުގެ ބައިވެރިއަކަށް ރައީސް ސޯލިހް އިނާމް އަރުވަނީ--- ފޮޓޯ: ރައީސް އޮފީސް

ގައުމީ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކައުންސިލްތަކާއި ގުރުއާން ކްލާސްތައް އަދި މުވައްސަސާތަކަށް ހުޅުވާލަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު "ސަން" އަށް މިރޭ ވިދާޅުވީ މީގެ ކުރިން ގައުމީ މުބާރާތުގައި ބައިވެރިވެވެނީ ހަމައެކަނި ސްކޫލުތަކަށާއި އަދި ރެޖިސްޓާކޮސްފައި ހުންނަ ގުރުއާނުގެ އިންސްޓްޓިއުޝަންތަކަަށް އެކަނި ކަމަށެެވެ. އެހެން ނަަމަވެސް ދެން އަންނަ ގުރުއާން މުބާރާތް އިތުރަށް ފުޅާކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރުވެސްު ޕޮލިސް ފަދަ މުވައްސަސާތަކުގައި ހުރޭ ގްރުއާން ކްލަބްތައްވެސް. އެ މުވައްސަސާތަކުގެ ނަމުގައި ދެން ބައިވެރިވެވޭނެ ދެން ބައެއް މީހުންނަށް ކައުންސިލްތަކުގެ ނަމުގައިވެސް ގުރުއާން މުބާރާތުގައި ބައިވެރިވެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަތޮޅު ތެރެއިން ގުރުއާން މުބާރާތަށް އަންނަ ދަރިވަރުންގެ ޓިކެޓާއާއި ހުރުމަށް ދޭ އެލަވަންސްވެސް މުރާޖާކޮށް ބޮޑުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ދެމުންދާ އެލަވަންސްއަކީ ވަރަށް ކުރިން ކަނޑައަޅާފައިވާ އެލަވަންސްއެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރުވެސް ގުރުއާން މުބާރާތް މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ މިޑްޓާމް ބަންދު ދުވަސްވަރު އެވެ. އަންނަ އަހަރު ގައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އަތޮޅު ތެރޭގައިވެސް މުބާރާތްތަކެއް ބާއްވައި ހޮވޭ ދަރިވަރުން ގައުމީ މުބާރާތަށް ނެގުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް