ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އަދި ބ. އަތޮޅު ކައުންސިލް ގުޅިގެން ބ. އޭދަފުށީގައި ބެޑްމިންޓަން ކޯޗިން ކޯހެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން މިއަދު ބުނީ ސެޓްފިކެޓް 1 ގެ ކޯޗިން ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް ބ. އަތޮޅު ކައުންސިލަށް ލިއުމުން ނަން ހުށެހެޅުމަށް އެދޭ ކަމަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާ އާއި އެ އެސޯސިއޭޝަނުން މި އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި އިރު 1.2 މިލިއަން ރުފިޔާ ވަނީ ޑިވޮލެޕްމެންޓް ޕްރޮގްރާމްތަކަށް ކަނޑަ އަޅައިފަ އެވެ.