ގައުމީ ބީޗް ވޮލީބޯލް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން އަށްވަނަ ފަހަރަށް އަޝްފާގު އާދަމް (އައްކަޅޭ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ހޯދައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ މާލޭ އިރުމަތީ ފަރާތު ދޮންގަނޑު ބީޗްވޮލީ ކޯޓުގައި ކުޅުނު ފައިނަލް މެޗު އައްކަޅޭއާއި ކުޑަކާއްޓޭގެ ޕެއާ ކާމިޔާބުކުރީ، އަހްމަދު އަނިލް ނަސީރު އާއި ޝިއުނާޒް އަބްދުލް ވާހިދުގެ ޕެއާއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު ފައިނަލް މެޗުގެ ސެޓްތައް އައްކަޅޭއާއި ކުޑަކާއްޓޭގެ ޕެއާއިން ހޯދާފައި ވަނީ 21-14، 21-19 ޕޮއިންޓުންނެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރީ، ހައްވާ ރާޝިދާއާއި އައިޝަތު ޒީނިޔާ މޫސާގެ ޕެއަރ އާއި އައިޝަތު ޝައްފައާއި ހަލީމަތު ސަމާގެ ޕެއަރއެވެ.

ފައިނަލް މެޗުގައި ފޯރިގަދަ ތިން ސެޓަށްފަހު 2-1 ސެޓުން މޮޅުވެ މުބާރާތް ކާމިޔާބުކުރީ ޝައްފައާއި ސަމާއެވެ. މި މެޗުގެ ސެޓްތައް ނިމުނީ، 19-21، 21-09 އަދި 12-15 އިންނެވެ.

ފައިނަލް މެޗުތަކަށްފަހު މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް މެޑައްޔާއި ޓްރޮފީއާި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހްމާން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާގު އިބްރާހިމްއެވެ.