ގާބުރިއެއް ހިފައިގެން އުޅުނު އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި: "ވާހަކަތަކާއި ބަޔާނުގައި ފުށުއެރުންތަކެއް"

ކްރިމިނަލް ކޯޓު: ގާބުރިއެއް ހިފައިގެން އުޅުނު އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި -- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ

އާންމު ތަނެއްގައި ގާބުރިއެއް ހިފައިގެން އުޅުނު އަންހެން މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށް އެ މައްސަލައިގައި ދައްކާފައިވާ ވާހަކަތަކާއި ތަހުގީގުގައި ދީފައިވާ ބަޔާނުގައި ފުށުއެރުންތަކެއް ހުރިކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ލ. މާބައިދުއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ޢާއިޝަތު ޝާމުނާއެވެ. އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ތުހުމަތުގައި އޭނާ އެންމެ ފުރަތަމަ ހައްޔަރުކުރީ ނިމުނު މަހުގެ 25 ވަނަ ދުވަހުގައެވެ.

https://sun.mv/229615

ކޯޓުން މީގެ ކުރިން ވަނީ، އޭނާ ހައްޔަރުކޮށްފައި ވަނީ އާންމު ތަނެއްގައި ގާބުރިއެއް ހިފައިގެން އުޅެނިކޮށް ކަމަށް ބުނެފައެވެ. އޭރު އޭނާގެ ބަނދަށް ޖެހީ 15 ދުވަހެވެ. އެއަށްފަހު މިއަދު ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަންދުކޮށްފައި ވަނީ އޭނާގެ މައްޗަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ވުމުންނެވެ. އެގޮތުން ސީންއަށް ދިޔަ ފުލުހުންގެ ބަޔާންތަކާއި، ތުހުމަތުކުރެވޭ މީހާގެ ބަޔާން ހިމަނާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކޯޓު އަމުރުގައި ވަނީ މި މައްސަލައިގައި އޭނާގެ ފަރާތުން ދެއްކި ވާހަކަތަކާއި، ތަހުގީގުގައި ދައްކާފައިހުރި ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިކަމަށެވެ.

އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 24 ވާ އަންގާރަ ދުވަހަށެވެ.

comment ކޮމެންޓް