ސެމްސަންގުގެ 'ގެލެކްސީ އޭއައި' އަށް އަގު ނަގާ ޕްރީމިއަމް ސަބްސްކްރިޕްޝަނެއް ތައާރަފުކުރަނީ

އަގުނަގާ ޕްލޭނަކާއި އެކު ހިލޭލިބޭ ސްޓޭންޑަޑް ޕްލޭނެއްވެސް ލިބޭނެކަމަށް ސެމްސަންގުން ބުނޭ --

ސެމްސަންގު ފޯނުތަކުގައި ބޭނުންކުރާ 'ގެލެކްސީ އޭއައި' ފީޗަރުތަކަށް އަގު ނަގާ ޚާއްޞަ ޕްރީމިއަމް ސަބްސްކްރިޕްޝަނެއް ތަޢާރަފުކުރުމަށް އެ ކުންފުނިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

2024 ވަނަ އަހަރު ނެރުނު ގެލެކްސީ އެސް24 ސީރީޒާއެކު ތަޢާރަފުކުރި އޭއައި ފީޗަރުތައް މިހާތަނަށް ބޭނުންކުރެވެމުންއައީ މުޅިން ހިލޭ ކަމަށްވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު ފީޗަރުތަކާއެކު މި ޚިދުމަތް ފައިސާ ދައްކައިގެން ބޭނުންކުރެވޭ ގޮތަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި ސެމްސަންގުން އޭއައި ޚިދުމަތްތައް ބަހާލުމަށް ހަމަޖެހިފައިވަނީ ދެ ޓަޔަރަކަށެވެ. އެއީ ހިލޭ ބޭނުންކުރެވޭ 'ސްޓޭންޑަޑް' ޕްލޭނާއި އަގުނަގާ 'މެކްސް' ޕްލޭނެވެ. ސްޓޭންޑަޑް ޕްލޭންގެ ދަށުން ބްރައުޒިން އެސިސްޓް، ނައު ބްރީފް، ކްރިއޭޓިވް ސްޓޫޑިއޯ، ސްމާޓް ކެޕްޗާ އަދި ޕޮޓޯ އެސިސްޓް ފަދަ އާދައިގެ ފީޗަރުތައް ބޭނުންކުރެވުނު ނަމަވެސް، އެ ފީޗަރުތައް ބޭނުންކުރެވޭނެ މިންވަރު (ޔޫސޭޖް ލިމިޓް) އުޅޭނީ ދަށްކޮށެވެ. އަދި ލިމިޓް ހަމަވުމުން އިތުރަށް ބޭނުންކުރެވޭނީ ކްރެޑިޓް ޕެކެއް ގަނެގެން ނުވަތަ ޕްރީމިއަމް ސަބްސްކްރިޕްޝަނަށް ބަދަލުވެގެންނެވެ.

https://sun.mv/230199

މެކްސް ޕްލޭންގެ އަގަކީ މަހަކު 4.99 އެމެރިކާ ޑޮލަރު (އަހަރަކު 47.99 ޑޮލަރު) ކަމަށް ރިޕޯޓުތަކުގައިވެއެވެ. މި ޕްލޭން ނަގާ ފަރާތްތަކަށް ހިލޭ ޕްލޭނަށްވުރެ 4 ގުނަ އިތުރަށް ފީޗަރުތައް ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މީގެއިތުރުން ފޮޓޯއިން އޭއައި ވީޑިއޯ އުފެއްދޭ 'ޖެން ވީޑިއޯ' ފީޗަރާއި، އެކި އެޕްތަކުގައި މަސައްކަތްތައް އޮޓޯމޭޓްކޮށްދޭ 'ބިކްސްބީ އެކްޝަން' އަދި 'ޑެއިލީ ބްރީފިން' ފަދަ އާ ޓޫލްތައް ލިބެނީ ހަމައެކަނި މެކްސް ޕްލޭންގެ ދަށުންނެވެ.

މި އަގުނަގާ ސަބްސްކްރިޕްޝަން ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު ނެރުމަށް ހަމަޖެހިފައިވާ ސެމްސަންގު ގެލެކްސީ އެސް27 ސީރީޒްގެ ފޯނުތަކާއެކުގައެވެ.

comment ކޮމެންޓް