މަރާމާތަށްފަހު ހުޅުމާލޭ ލަކުޑި ޖެޓީ އާންމުންނަށް ހުޅުވާލައިފި

މަރާމާތަށްފަހު ހުޅުމާލޭގެ ލަކުޑި ޖެޓީ އާންމުންނަށް ހުޅުވާލައިފި --- ފޮޓޯ: އެޗްޑީސީ

މަރާމާތަށްފަހު ހުޅުމާލޭ ލަކުޑި ޖެޓީ އާންމުންނަށް ހުޅުވާލައިފިއެވެ.

ވަކި މުއްދަތެއް ނެތް ގޮތަށް، ހުޅުމާލެ ލަކުޑި ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ ނިމުނު މޭމަހުގެ 26 ވަނަ ދުވަހުގައެވެ.

ހުޅުމާލެ ބަލަހައްޓަ ހައުސިން ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން އެ ޖެޓީ ބަންދުކުރީ، ބާޖެއް ގާތް ކުރަން އުޅުމުގެ ތެރޭގައި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ވުމުންނެވެ.

މަރާމާތަށްފަހު ހުޅުމާލޭގެ ލަކުޑި ޖެޓީ އާންމުންނަށް ހުޅުވާލައިފި --- ފޮޓޯ: އެޗްޑީސީ

އެއަށްފަހު މިއަދު އެޗްޑީސީިއިން ވަނީ މަރާމާތުގެ މަސައްކަތްތައް ނިންމާލުމަށްފަހު އާންމުންނަށް އެ ޖެޓީ ހުޅުވާލާފައެވެ.

ލަކުޑި ޖެޓީއަކީ ހުޅުމާލެއަށްދާ އެތައް ބަޔަކު ފުރުމަށް ބޭނުން ކުރާ ސަރަހައްދެކެވެ. އަދި ކޮފީ ބުއިން ފަދަ ކަންކަމުގައި ލަކުޑި ޖެޓީ މަތީ މަޑުކޮށްލާ މީހުން ވެސް މަދެއް ނޫނެވެ.

comment ކޮމެންޓް