ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އަށް ސަބްސްކްރައިބްކޮށްލައިގެން އެންމެ ފަހުގެ އައިފޯން 18 ޕްރޯ މެކްސްގެ ބާގަންޑީ ކުލައިގެ ފޯނެއް ހޯދުމުގެ ރަނުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ދިރާގު ބުނީ،މި އިނާމު ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު 31ގެ ކުރިން ދިރާގު ޑީޖީޖީއަށް ސައިން-އަޕް ކުރުމަށްފަހު ޕްރޮފައިލް ވެރިފައިކުރުމުން މި އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ގުރުއަތުން ހޮވޭ އެއް ނަސީބުވެރި ފަރާތަކަށް މި ޚާއްސަ އިނާމު ލިބިގެންދާނެއެވެ.
މިއީ އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތެއްގެ އިތުރުން ޑީޖީޖީއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފޯރިގަދަ ގޭމިން މުބާރާތްތަކުގައި ވާދަކުރުމަށާއި ބޮޑެތި ފައިސާގެ އިނާމުތައް ހޯދުމުގެ ދޮރު ތަނަވަސްވާނެ ކަމެއްކަން ދިރާގުން ފާހަގަކުރިއެވެ.
އެގޮތުން، މި މުބާރާތްތަކާއި ހަރަކާތްތައް މެދުވެރިކޮށް ގޭމިން ދާއިރާއިން ކުރިއަށްދާން އެދޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް، ދިވެހި ގޭމް ކުޅުންތެރިންގެ މުޖުތަމައުގެ ތެރޭގައި އަމިއްލަ ހުނަރު ދައްކާލުމަށް އަގުހުރި ފުރުސަތުތައް ފަހިވާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ޑީޖީޖީ އިން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ޚާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ޑީޖީޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.