ކުޅުދުއްފުށި ސިޓީގައި ބޭއްވި އެސްއެމްއީ އެންގޭޖްމަންޓް ސެޝަންތައް ކާމިޔާބުކަމާއެކު ނިންމާލައިފި

ކުޅުދުއްފުށި ސިޓީގައި ބޭއްވި އެސްއެމްއީ އެންގޭޖްމަންޓް ސެޝަންތަކުގެ ތެރެއިން- ފޮޓޯ: އެސްއެމްއީ ޑިޖިޓަލް

އެސްއެމްއީ ޑިޖިޓަލް އިން 27 ސެޕްޓެމްބަރުން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި އެސްއެމްއީ އެންގޭޖްމަންޓް ސެޝަންތައް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މި ދަތުރުގައި ކުޅުދުއްފުށީ ކައުންސިލާއި، އެޑްވެންޗާ އަޕް މޯލްޑިވްސް ގުޅިގެން ބޭއްވި ބޮޑުތިލަދުންމަތީ ބޮޑު ބާޒާރާއި އައިލޭންޑް ކާނިވަލްގައި ބައިވެރިވެ، ކަސްޓަމަރުންނަށް މައުލޫމާތު ދިނުމަށް އެސްއެމްއީ ޑިޖިޓަލްއިން ހަރާކަތްތެރިވެފައިއެވެ.

މީގެ އިތުރުން، ކުޅުދުއްފުށީގައި އަލަށް ވިޔަފާރި ފަށަން ގަސްދުކުރާ މީހުންނަށާއި މިހާރު ވިޔަފާރިކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ފައިނޭންސިންގް އާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމާއި އެޕްލިކޭޝަން ބަލައިގަތުމަށް އެސްއެމްއީ ޑިޖިޓަލްގެ ޓީމުތަކުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މީގެ އިތުރުން އެސްއެމްއީ ޑިޖިޓަލްގެ ޓީމުން މި ދަތުރުގެ ތެރެއިން ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކޮށް ދެފަރާތުން ގުޅިގެން ރަށުގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވި އެސްއެމްއީ އެންގޭޖްމަންޓް ސެޝަންތަކުގެ ތެރެއިން- ފޮޓޯ: އެސްއެމްއީ ޑިޖިޓަލް

އެސްއެމްއީ ޑިޖިޓަލް އިން ދަނީ އެ ކުންފުނީ ޚިދުމަތްތަކާ ގުޅޭ ގޮތުން، އަތޮޅުތެރޭގައި ހޭލުންތެރިކުރުމާއި މައުލޫމާތު ބައްދަލުވުންތައް ބާއްވަމުންނެވެ. މީގެ ސަބަބުން އަތޮޅު ތެރޭގެ ރައްޔިތުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުވެ މާލީ ގޮތުން ބާރުވެރިވުމާއި އަދި ރާއްޖޭގެ އިގްތިސާދުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާވަމުން އަންނަކަމަށް އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރެއެވެ.

މިއަހަރުގެ މިހާތަނަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ އަތޮޅު ތެރެއަށް 14 ދަތުރެއްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކާ ގުޅުން ބަދަހިކޮށް މާލީ ގޮތުން ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

comment ކޮމެންޓް