ބުރިޖުން ކަނޑަށް ފުންމާލި ބިދޭސީއަކު، ތަނބެއްގައި ހިފަހައްޓައިގެން އޮއްވައި ސަލާމަތްކޮށްފި

ކަނޑަށް ފުންމާލި ބިދޭސީ މީހާ ސަލާމަތްކުރަނީ -- ފޮޓޯ/ އެމްއެންޑީއެފް

ސިނަމާލެ ބުރިޖު މަތިން ކަނޑަށް ފުންމާލި ބިދޭސީއަކު އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް، ލިބުނީ، ރޭ ދަންވަރު 00:44ގައެވެ.

އެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ޑައިވަރުންނަށް އެ މީހާ ފެނުނީ، ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައި ކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑް ހާބާ ކްރާފްޓަށް އެ މީހާ ނެގުމަށްފަހު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ފާހަގަކުރިއެވެ.

ފާހަގަކުރެވޭ ގޮތުގައި، މީގެ ކުރިން މަދުން ނަމަވެސް މީހުން ބުރިޖުން ކަނޑަށް ފުންމާލުމުގެ ނުވަތަ ފުންމާލަން އުޅުމުގެ ހާދިސާތައް ފެންމަތިވެ، އެ މީހުން ސަލާމަތްކޮށްފައި އެބަހުއްޓެވެ.

އެގޮތުން، މެއި ދޭއް، 2023ގައި ބުރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށް އޭނާއަށް ވަނީ ފަރުވާދީފައެވެ.

comment ކޮމެންޓް