ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޝޫޓިން އިވެންޓުގެ 10 މީޓަރު އެއާ ރައިފަލް ކެޓަގަރީގައި ވާދަކޮށް ރާއްޖޭގެ އުންމީދީ ދެ އަންހެން ޝޫޓަރުން ކަމަށްވާ އައިޝަތު އީން އަސްލަމާއި އައިޝަތު އީޝާ ޝަހީދު ގައުމީ ރެކޯޑު އައުކޮށްފިއެވެ.
މި ރެކޯޑު މީގެކުރިންވެސް އޮތީ މި ދެ ޝޫޓަރުންގެ އަތުގައެވެ. އެގޮތުން މީގެކުރިން އީޝާ އަތުގައި މި ރެކޯޑު އޮތީ 609.6 ޕޮއިންޓާއެކު އެވެ. އަދި އީން މީގެކުރިން މި ރެކޯޑު ހެދީ 601.2 ޕޮއިންޓާއެކު އެވެ.
އޭޝިއަން ގޭމްސް 2026 ގެ ޝޫޓިންގައި ރާއްޖޭގެ އީން-- ފޮޓޯ: އެމްއޯސީ މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި އީޝާ މި ރެކޯޑު އައުކުރީ 624.1 ޕޮއިންޓާއެކު އެވެ އަދި އީން މި ރެކޯޑު އައުކުރީ 609.9 ޕޮއިންޓާއެކު އެވެ.
އޭޝިއަން ގޭމްސް 2026 ގެ ޝޫޓިންގައި ގައުމީ ރެކޯޑު އައުކުރި އީން އާއި އީޝާ ގެ ސްކޯ-- އޭޝިއަން ގޭމްސްގައި ޖުމްލަ 12 ޝޫޓަރެއް ރާއްޖެއިން ވާދަކުރެއެވެ. މިއީ މުޅި މި ގޭމްސްގައި ވެސް އެއް ކުޅިވަރަކުން ރާއްޖެއިން އެންމެ ގިނަ އެތުލީޓުން ވާދަކުރާ ކުޅިވަރެވެ. އަދި ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ކުޅިވަރެވެ. އަންހެން ކެޓަގަރީގެ ކާމިޔާބީއާއެކު ގޭމްސްގެ އެއާ ރައިފަލް މެން ކޮލިފިކޭޝަން މެޗުތައް ތާވަލުކޮށްފައިވަނީ 21 ވަނަ ދުވަހަށެވެ. އޭގެކުރިން މިއަދު ޕްރީ އިވެންޓުތަކެއް ފިރިހެން ކެޓަގަރީގައި ކުރިއަށްދާނެއެވެ.
އޭޝިއަން ގޭމްސް 2026 ގެ ޝޫޓިންގައި ރާއްޖޭގެ އީޝާ-- ފޮޓޯ: އެމްއޯސީ ގޭމްސް ފެށުމުގެ ކުރިން ގައުމީ ޝޫޓިން ޓީމު ވަނީ ޖަޕާނުގައި ޓްރެއިނިންތަކެއް ފުރިހަމަކޮށްފައެވެ. އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި މި ޓްރެއިނިންތަކުގެ ސަބަބުން ޓީމަށް ހެޔޮ ބަދަލުތަކެއް ފެނިގެންދާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.
ޝޫޓިންގެ އިތުރުން ރާއްޖެއިން މި ގޭމްސްގައި ޖުމްލަ 7 ކުޅިވަރަކުން ވާދަކުރެއެވެ. އެއީ އެތުލެޓިކްސް، ޓޭބަލް ޓެނިސް، ޝޫޓިން، ބެޑްމިންޓަން، ސްވިމިން، ބީޗް ވޮލީ އަދި ސާފިންގް އެވެ.