ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގުން: ހައްޔަރު ކުރީ ދެ ދިވެހިން، ބަންދަށް 5 ދުވަސް

ހުޅުމާލޭ ދެވަނަ ފިޔަވަހި: ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި ދެމީހުން ހައްޔަރުކޮށްފި -- ފޮޓޯ/ އެޗްޑީސީ

ހިޔާ ފުލެޓެއްގެ ބެލްކަނީގައި ޖިންސީ ގުޅުން ހިންގި މައްސަލައިގައި 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގައި ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

https://www.sun.mv/226607

މި މައްސަލަ ފެންމަތިވީ، ހިޔާ ފުލެޓެއްގެ ބެލްކަނީގައި ދެ މީހަކު ބަދު އަޚުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމުންނެވެ. މިނެޓެއް ވެސް ހަމަނުވާ އެ ވީޑިއޯއިން ލަފާ ކުރެވޭ ގޮތުގައި އެ މީހުން އެ ކަން ކޮށްފައި ދުވާލުގެ ވަގުތުގައެވެ.

މީގެ ކުރިން ވެސް މަދުން ނަމަވެސް މިފަދަ މައްސަލަތައް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ.

މި ހާދިސާ ހިނގާފައިވާ ހިޔާ ފްލެޓް ސަރަހައްދަކީ 7،000 ފްލެޓް ހިމެނޭ، އަދި 30،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ސަރަހައްދެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް