11 ދުވަސްކުރިން އެމްޑީޕީން ކުރި މުޒާހަރާއަކާ ގުޅިގެން އެކްޓިވިސްޓް ޝާމިން ހައްޔަރުކޮށްފި

ޝާމިން ހައްޔަރުކޮށް، ގަލޮޅު ޕޮލިހަށް ވައްދަނީ --- ފޮޓޯ/ ހުސެން ހަސަން

އެމްޑީޕީން މިދިޔަ މަހު ފަހުކޮޅު ކުރި މުޒާހަރާއަކާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓު މުޙައްމަދު ޝާމިން މިއަދު ހައްޔަރުކޮށްފިއެވެ.

ޝާމިން ހައްޔަރުކޮށްގެން މިހާރު ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ވައްދާފައެވެ. އޭނާ ހައްޔަރުކުރަން، ކްރިމިނަލް ކޯޓުން ނެރުނު އަމުރު 'ސަން'އަށް ވަނީ ލިބިފައެވެ.

އެ އަމުރުގައިވާ ގޮތުން، ޝާމިން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހު 28ގައި އެމްޑީޕީން ބޭއްވި އެއްވުނުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކުރި ކަމުގެ ތުހުމަތުގައެވެ.

ޝާމިން ހައްޔަރުކޮށް، ގަލޮޅު ޕޮލިހަށް ވައްދަނީ --- ފޮޓޯ/ ހުސެން ހަސަން

ޓެކްސީ ޑްރައިވަރުންކަން ވެސް ކުރާ ޝާމިންއާ ދެކޮޅަށް، ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި ސީސީޓީވީ ފުޓޭޖު ސްނެޕް ޝޮޓުތަކާއި އިންޓެލިޖެންސް ރިޕޯޓު ވަނީ ކޯޓަށް ހުށަހަޅާފައެވެ.

މީގެކުރިން 2024ގެ ޑިސެމްބަރު ފަހުކޮޅުގައި ޓެކްސީ ޑްރަވައިރުން ކުރި މުޒާހަރާއަކާ ގުޅިގެން ވެސް ޝާމިން ހައްޔަރުކުރިއެވެ. އޭނާ އޭރު ދޫކޮށްލީ ޝަރުތުތަކާއެކީގައެވެ.

https://sun.mv/227054

ފާހަގަކުރެވޭ ގޮތުގައި، މި މުޒާހަރާއާ ގުޅިގެން އެމްޑީޕީ އެކްޓިވިސްޓު އަހުމަދު މައިމޫން މުހައްމަދު ހައްޔަރުކުރިއެވެ. އޭނާގެ ބަންދަށް ޖެހި، ފަސް ދުވަސް ހަމަވުމުން މިދިޔަ އާދިއްތަ ދުވަހު ހަވީރު އޭނާ ވަނީ ދޫކޮށްލާފައެވެ.

comment ކޮމެންޓް