ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ''ސަން ސިޔާމް ސްޕޯޓްސް ކޮމްޕްލެކްސް'' ގެ މަސައްކަތް ކުޑަފަރީގައި ފަށައިފި

ނ. ކުޑަފަރީގައި ތަރައްގީކުރާ ސަން ސިޔާމް ސްޕޯޓްސް ކޮމްޕްލެކްސް ގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ނ. ކުޑަފަރީގައި ތަރައްގީކުރާ "ސަން ސިޔާމް ސްޕޯޓްސް ކޮމްޕްލެކްސް" ގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ނ. ކުޑަފަރިއަށް ނިސްބަތްވެވަޑައިގަންނަވާ، ސަން ސިޔާމް ރިސޯޓްސްގެ ފައުންޑާ، ޗެއާމަން އަދި މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސިޔާމް މުޙައްމަދެވެ.

އެ ރަށު ފުޓުބޯޅަ ދަނޑުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނ. ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު އައްބާސްގެ އިތުރުން ކުޑަފަރި ކައުންސިލުގެ ރައީސް އަޙްމަދު މަހުފޫޒާއި، ކައުންސިލް މެންބަރުންގެ އިތުރުން ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ނ. ކުޑަފަރީގައި ތަރައްގީކުރާ ސަން ސިޔާމް ސްޕޯޓްސް ކޮމްޕްލެކްސް ގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ރަސްމިއްޔާތުގެ ތެރެއިން ކުޑަފަރީގެ ސްޕޯޓްސް އެކަޑަމީގެ ދަރިވަރުންގެ ފަރާތުން ވަނީ އަޙްމަދު ސިޔާމް މުޙައްމަދު ކޮށްދެއްވާ ކަންކަން ފާހަގަކޮށް ހަނދާނީ ފިލައެއް އެ މަނިކުފާނަށް އަރުއްވާފައެވެ.

ސަން ސިޔާމް ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޝާއްބަ ކޮންސްޓްރަކްޝަންސްއާއެވެ. މި މަޝްރޫއު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާއިރު، މިއީ މުޅި ސަރަހައްދުގައިވެސް ގާއިމުކުރެވޭ މިފަދަ އެންމެ ފުރިހަމަ އެއް ސްޕޯޓްސް ކޮމްޕްލެކްސްއަށް ވާނެއެވެ.

ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ މި ސްޕޯޓްސް ކޮމްޕްލެކްސް ނިމޭއިރު މި ތަނުގައި ޒަމާނީ ފެންވަރުގެ ޗޭންޖިން ރޫމާއި، އިންޑޯ ޖިމްގެ އިތުރުން އައިސް ބާތު ފެސިލިޓީވެސް ހިމެނޭނެއެވެ.

ސަން ސިޔާމް ސްޕޯޓްސް ކޮމްޕްލެކްސްގެ ނަމޫނާ ކުރެހުމެއް--

"ސަން" އާއި ވާހަކަދައްކަވަމުން ކުޑަފަރީ ކައުންސިލުގެ ރައީސް އަޙްމަދު މަހްފޫޒް ވިދާޅުވީ މި ކޮމްޕްލެކްސްގެ ސަބަބުން ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ސްޕޯޓްސް އެކެޑަމީގެ ހަރަކާތްތަކަށާއި އެލްޑަލީ ކްލަބުގެ ހަރަކާތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

އަދި އަމާޒަކީ މި ކޮމްޕްލެކްސްއާއެކު މުޅި އަތޮޅަށް ހުޅުވާލައިގެން އަންނަ ޑިސެމްބަރު މަހު ކުޑަފަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ 23 އަހަރުން ދަށުގެ މުބާރާތް ބޭއްވުން ކަމަށާއި އެހެންކަމުން ރަށުގެ ރައްޔިތުންގެ ނަމުގައި އަޙްމަދު ސިޔާމް މުޙައްމަދަށް ޝުކުރުދަންނަވާ ކަމަށެވެ.

ނ. ކުޑަފަރީގައި ތަރައްގީކުރާ ސަން ސިޔާމް ސްޕޯޓްސް ކޮމްޕްލެކްސް ގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ކުޑަފަރިއަކީ ކުޅިވަރުގެ ނަމޫނާ ރަށެކެވެ. ގިނަ އަދަދެއްގެ ކުޅިވަރު ކުޅޭ ކުދިންނާއެކު ރަށުގައި އެކަޑަމީގެ ހަރަކާތްތައް ވަރަށް ފުޅާކޮށް ކުރިއަށްދާއިރު، މި ކޮމްޕްލެކްސްއަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެކެވެ. ކުރު މުއްދަތެއްގެ ތެރޭގައި ޒަމާނީ ފެންވަރުގެ މި ކޮމްޕްލެކްސްގެ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވަނީ ސިޔާމްގެ މޭސްތިރިކަމުގެ ދަށުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު