ބައިނަލްއަގުވާމީ ގޮނޑުދޮށްތަކާ ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްރީ ލަންކާގެ ހައިކޮމިޝަނުން އިސް ނަގައިގެން ބޭއްވި ސާފުކުރުމުގެ ހަރަކާތެއްގައި 585 ކިލޯގްރާމުގެ ކުނި ހޮވައިފިއެވެ.
މިއަދު ހެނދުނު 7:15ގައި ހުޅުމާލޭ ދިރާގު ފަހަތުގައި އޮންނަ ފަންނު ބީޗުގައި ބޭއްވި މި ހަރަކާތުގައި ވަނީ އާންމު ކުނީގެ 320 ކިލޯގުރާމުގެ ކުންޏާއި ޕްލާސްޓިކް ކުނީގެ 265 ކިލޯގުރާމުގެ ކުނި ހޮވައިފައެވެ.

މިއަދު ބޭއްވި ހަރަކާތުން ނެގި ކުނިތައް ލޮރީއަކަށް އަރުވަނީ --- ފޮޓޯ: ލަންކާ ހައި ކޮމިޝަން
ސްރީ ލަންކާގެ ހައިކޮމިޝަނުން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ)އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ.
އެ ގައުމުގެ ހައިކޮމިޝަނުން ބުނީ، މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި ތިމާވެއްޓަށް ދެ ގައުމުން ވެސް ކުރާ އިހުތިރާމު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
މިއީ މިގޮތަށް އެ ހައިކޮމިޝަނުން އިސް ނަގައިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ހަރަކާތެވެ.