"ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާ ކަންކަން އެބަހުރި، ނަމަވެސް އެއްވެސް ބިރެއް ފަސްޖެހުމެއް ނެތި ބަލަހައްޓާނަން"

އައި މަނަވަރު ޚިދުމަތަށް ނެރުނު ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އަރިހުގައި ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށާއި މިނިވަންކަމަށް ނުރައްކާވާ އެތައް ކަމެއް ސަރަހައްދީ ރޮނގު ކައިރީގައި ހިނގަމުންދާކަމަށާއި، ނަމަވެސް އެއްވެސް ބިރެއް އަދި ފަސްޖެހުމެއް ނެތި ރާއްޖޭގެ ސަލާމަތްތެރިކަން ކަށަވަރުކުރާނެކަމުގެ ޔަޤީންކަން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާކުރި އެންމެ ޒަމާނީ މަނަވަރު "އިމާދުއްދީން" ކޮމިޝަންކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޖަރ ޖެނެރަލް ޙިލްމީ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ވެށި މިއަދު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ރާއްޖޭގެ މިނިވަންކަމާއި ސަލާމަތަށް ނުރައްކާވާ އެތައް ކަމެއް ބައުންޑަރީ ލައިން ކައިރީގައި ކޮންމެ ވަގުތަކު ހިނގަމުންދާކަމަށާއި، އެ ނުރައްކާތައް މިހާރު ރާއްޖޭގެ ސަރަހައްދުގެ އެތެރެއަށްވެސް ކުރިމަތިވެފައިވާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް އެއީ ސީދާ ކޮން ބާވަތެއްގެ ނުރައްކާތަކެއްކަން ތަފްޞީލުކޮށްދެއްވާފައެއް ނުވެއެވެ. ރާއްޖޭގެ ސަރަހައްދު ދިފާޢުކުރުމަށްޓަކައި އެތެރޭގެ ނުރައްކާތަކުގެ އިތުރުން ބޭރުން ކުރިމަތިވާ ނުރައްކާތަކަށްވެސް މިއަދު ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާކަން ޙިލްމީ ފާހަގަކުރެއްވިއެވެ. މިކަންކަމަށް ރިޢާޔަތްކުރައްވައި ޙިލްމީ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސަލާމަތަށް ނުރައްކާތެރިވާ ގޮތަށް ޢަމަލުކުރާ ފަރާތްތަކަށާއި އުޅަނދުފަހަރަށް ފިޔަވަޅު އެޅުމަށާއި، ބޭރު ކަނޑުތަކުގައި ރާއްޖޭގެ މަސްލަހަތު ޙިމާޔަތްކުރުމަށް ޤާބިލު އަސްކަރީ ބާރެއް އޮތުމަކީ މިއަދު ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި މި ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އަންނަ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުގެ ކުރިން ކަނޑު ބަލަހައްޓަން އިތުރު 20 އިންޓަސެޕްޓަރު އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ވެސް އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.

  • ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް އެއްވެސް ބިރެއް ނެތި ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ޗީފް އޮފް ޑިފެންސް ފޯސް ދެއްވުން.
  • އޮސްޓްރޭލިއާގެ ހިލޭ އެހީގެ ދަށުން އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ފަރުމާކޮށްފައިވާ އައު މަނަވަރު "އިމާދުއްދީން" ކޮމިޝަންކުރުން.
  • ރާއްޖޭގެ ސަލާމަތީ ވެއްޓަށް އައިސްފައިވާ ބަދަލުތަކާއެކު، ބޭރުގެ ކަނޑުތަކުގައި ވެސް ރާއްޖޭގެ މަސްލަހަތު ޙިމާޔަތްކުރުމަށް އަސްކަރީ ބާރު ވަރުގަދަކުރުން.
  • އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮޕަރޭޝަންތައް ފުޅާކުރުމަށްޓަކައި، ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުގެ ކުރިން އިތުރު 20 އިންޓަސެޕްޓަރު އުޅަނދު ހޯދުމަށް ނިންމާފައިވުން.

ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާ އެތައް ކަމެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކައިރީ ހިނގަމުން ދާ ކަމަށާއި ނަމަވެސް އެއްވެސް ބިރެއް އަދި ފަސް ޖެހުމެއް ނެތި ކަނޑުގެ ސަރަހައްދު ބަލަހައްޓާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ މިރޭ ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާކުރި "އިމާދުއްދީން" މަނަވަރު ކޮމިޝަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޙިލްމީ ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ވެށި މިއަދު ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށެވެ.

"ދިވެހިރާއްޖޭގެ މިިނިވަންކަމާއި ސަލާމަތަށް ނުރައްކާވާ އެތައް ކަމެއް ދިވެހިރާއްޖޭގެ ބައުންޑަރީ ލައިން ކައިރީގައި ކޮންމެ ވަގުތަކު ދަނީ ހިނގަމުން، އަދި އެ ނުރައްކާތައް މި ވަނީ ރާއްޖޭގެ ސަރަހައްދުގެ އެތެރެއަށް ކުރިމަތިވެފައި،" ޙިލްމީ ވިދާޅުވިއެވެ.

ނަމަވެސް އެއީ ސީދާ ކޮން ނުރައްކާތަކެއް ކަން ޙިލްމީ ވިދާޅެއް ނުވެއެވެ.

ރާއްޖޭގެ ސަރަހައްދު ދިފާއުކުރުމަށްޓަކައި އެތެރޭގެ ނުރައްކާތަކުގެ އިތުރުން ބޭރުން ކުރިމަތިވާ ނުރައްކާތަކަށް ވެސް މިއަދު ސަމާލުކަން ދޭން ޖެހިފައިވާ ކަމަށް ޙިލްމީ ވިދާޅުވިއެވެ.

ޙިލްމީ ވިދާޅުވި ގޮތުގައި މިކަމުން ވެސް ރާއްޖޭގެ މިނިވަންކަމާއި ސަލާމަތަށް ނުރައްކާތެރިވާ ގޮތަށް އަމަލުކުރާ މީހުންނަށާއި އުޅަނދުފަހަރަށް ފިޔަވަޅު އެޅުމަށާއި، ބޭރު ކަނޑުތަކުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ނުރައްކާތަކާ ކުރިމަތިލެވޭނެ އަސްކަރީ ބާރެއް އޮތުމުގެ މުހިއްމުކަން ހާމަވެއެވެ.

އެއާއެކު ޙިލްމީ ވިދާޅުވީ އަންނަ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުގެ ކުރިން ކަނޑު ބަލަހައްޓަން 20 އިންޓަސެޕްޓަރު އުޅަނދު ހޯދާނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެއްވެސް ބިރެއް ފަސްޖެހުމެއް ނެތި ބަލަހައްޓާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

https://sun.mv/225210

"އިމާދުއްދީން" މަނަވަރާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ މި މަނަވަރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެއް ކަމަށެވެ.

މި މަނަވަރަކީ އެމްއެންޑީއެފުން ބުނި ގޮތުގައި، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު މަނަވަރެކެވެ.

މި މަނަވަރަށް "އިމާދުއްދީން"ގެ ނަމުން ނަން ދެވިފައި ވަނީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އެއްވަނަ އަށް ނިސްބަތްކޮށް، އަދި އެމަނިކުފާނު ރާއްޖޭގެ ދިފާއު ވަރުގަދަ ކުރުމަށް ކުރެއްވި މަސައްކަތްޕުޅަށް ބިނާކޮށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މި މަނަވަރަކީ ކަނޑުމަތީގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓްކުރުމަށް އެންމެ ޒަމާނީ ނިޒާމުތަކާއި ޓެކްނޮލޮޖީ އެކުލެވޭ ގޮތަށް ފަރުމާކުރި މަނަވަރެކެވެ.

comment ކޮމެންޓް