މިނިވަން ދުވަހުގެ ހަރަކާތްތަކަށް ފަހު ސަޢޫދީގެ މަންދޫބު ފުރާވަޑައިގެންފި

ސަޢޫދީ ޢަރަބިއްޔާގެ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ޕްރިންސް ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް --- ފޮޓޯ: ރައީސް އޮފީސް

{

  • {
  • "summary": "# ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ފަހު ސަޢޫދީ މަންދޫބު ފުރާވަޑައިގަތުން\n\nސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދުގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ޕްރިންސް ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، އެ މަނިކުފާނުގެ ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.\n\nމި ތާރީޚީ މުނާސަބަތަކީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު އިނގިރޭސީންގެ ކިބައިން ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނުތާ 61 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުނު ޙަރަކާތްތަކެކެވެ.\n\n## މުހިންމު ނުކުތާތައް\n- ސަޢޫދީ ވަލީއަހުދުގެ ފަރާތްޕުޅުން ވަޑައިގެންނެވި ޕްރިންސް ޑރ. މަންޞޫރު ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުން.\n- ރައީސް ޑރ. މުޢިއްޒުގެ ދަޢުވަތަކަށް 61 ވަނަ މިނިވަން ދުވަހުގެ ޙަރަކާތްތައް ޝަރަފުވެރިކޮށްދެއްވުން.\n- ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކުރެއްވުން.\n- 1965 ވަނަ އަހަރު ލިބުނު މިނިވަންކަމުގެ މުނާސަބަތުގައި ބޭއްވުނު މި ޙަރަކާތްތަކަށް ފަހު އެ މަނިކުފާނު ފުރާވަޑައިގަތީ ފޮރިން މިނިސްޓަރުގެ އަލްވަދާޢާއެކު.",

ސަޢޫދީ ޢަރަބިއްޔާގެ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު އަދި އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު ޕްރިންސް ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު ފުރާވަޑައިގެންފިއެވެ.

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން ވަޑައިގެންނެވި ޕްރިންސް ޑރ. މަންޞޫރު ރާއްޖެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހެވެ.

އެ މަނިކުފާނު ރާއްޖެ ވަޑައިގަތީ ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށެވެ.

ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ވަރުގަދަކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

ޕްރިންސް ޑރ. މަންޞޫރަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ފޮރިން ރިލޭޝަންސް ސެކްރެޓަރީ މުޙައްމަދު ނަޞީރު ކަމަށް، ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނީ ޖުލައި 26، 1965 ގައެވެ. މިއީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި 77 އަހަރަށްވުރެ ގިނަ ދުވަހު އޮތުމަށްފަހު ލިބުނު މިނިވަންކަމެކެވެ.

މިނިވަންކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްހޫމް އިބްރާހީމް ނާޞިރެވެ. އަދި އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސާ މައިކަލް ވޯކާއެވެ. މި ތާރީޚީ ރަސްމިއްޔާތު އޮތީ ސްރީލަންކާގެ ކޮޅުނބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަރުގެ ގޭގައެވެ.

comment ކޮމެންޓް