މިއަދު މުޅި ރާއްޖެއަށް ވެސް ހޫނުމިން އާންމު މިންވަރެއްގައި

ސިނަމާލެ ބްރިޖް ސަރަހައްދުގައި ބަޔަކު ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ މޫސާ ނަދީން

ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަރަށް ބޮޑަށް ހޫނުގަދަވުމަށްފަހު، މިއަދު މުޅި ރާއްޖޭގެ ހޫނުމިން ވަނީ އާންމު މިންވަރަކަށް ދަށްވެފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަދު ރާއްޖޭގެ އެއްވެސް ހިސާބެއްގައި އިހުސާސްކުރެވޭ ހޫނުމިން 37 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައެއް ނުވެއެވެ. މިއީ އެ އިދާރާގެ މިންގަނޑުތަކަށް ބަލާއިރު އާންމު ހާލަތެއް ކަމަށް ކަނޑައަޅާފައިވާ މިންވަރެކެވެ. މެޓް އޮފީހުގެ މިންގަނޑުގައި 37 އާއި 37.9 އާ ދެމެދަކީ ދަށް މިންވަރެއްގެ ނުރައްކަލެވެ. އަދި 39 ޑިގްރީއަށް ވުރެ މައްޗަށް ދިއުމަކީ ހޫނުގެ ނުރައްކާ ބޮޑު ހާލަތެކެވެ. މިއަދު އެންމެ ހޫނުމިން ދަށްކޮށް ރެކޯޑުކުރެވިފައިވަނީ 25.5 ޑިގްރީ ސެލްސިއަސްގައި ހދ. ހަނިމާދޫގައެވެ. މީގެ އިތުރުން މާލޭގެ ހޫނުމިން 33.4 ޑިގްރީގައި ހުރިއިރު، ލ. ކައްދޫގެ ހޫނުމިން ހުރީ 35.7 ޑިގްރީ ސެލްސިއަސްގައެވެ. އަދި ގދ. ކާޑެއްދޫގެ ހޫނުމިން 32.8 ޑިގްރީގައި ހުރިއިރު، ސ. ގަމުގެ ހޫނުމިން ހުރީ 31.3 ޑިގްރީ ސެލްސިއަސްގައެވެ. މިއަދު ހެނދުނުން ފެށިގެން މާލެއަށް ދޭތެރެދޭތެރެއިން އަންނަނީ ވާރޭވެހެމުންނެވެ. ހޫނުމިން ދަށްވި ނަމަވެސް، ކަނޑުތަކުގެ ބާނި ބޮޑުވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީ މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

  • މުޅި ރާއްޖޭގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ އާންމު ހާލަތެއް ކަމަށްވާ 37 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުގައެވެ.
  • އެންމެ ހޫނުމިން ދަށްކޮށް ރެކޯޑުކުރެވިފައިވަނީ ހދ. ހަނިމާދޫގައި 25.5 ޑިގްރީ ސެލްސިއަސްގައެވެ.
  • އެހެން ސަރަޙައްދުތަކަށް ބަލާއިރު ލ. ކައްދޫގައި 35.7 ޑިގްރީ އަދި މާލޭގައި 33.4 ޑިގްރީގައި ހޫނުމިން ހުރިކަން ވަނީ ރެކޯޑުކުރެވިފައެވެ.
  • މޫސުމާ ބެހޭ ގައުމީ އިދާރާގެ މިންގަނޑުން 39 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިއުމަކީ ހޫނުގެ ނުރައްކާ ބޮޑު ހާލަތެކެވެ.
  • ކަނޑުތަކުގެ ބާނި ބޮޑުވެ އުދައަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް މިއަދު ވަނީ ހުދު ސަމާލު ނެރެފައެވެ.

މިއަދު މުޅި ރާއްޖެއަށް ނިސްބަތުން ހޫނު އެހާ ގަދަ ނޫން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ފަހުން ރާއްޖޭގެ ގިނަ ހިސާބުތަކަށް ވަރަށް ހޫނު ގަދަވިއެވެ.

ނަމަވެސް މެޓް އޮފީހުން މިއަދު އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 37 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުގައެވެ.

https://www.sun.mv/225028

މެޓް އޮފީހުން އާންމުކޮށްފައިވާ އިހުސާސްކުރެވޭ ހޫނުމިނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަދު އެންމެ ހޫނުމިން ދަށްކޮށް ހުރީ ހދ. ހަނިމާދޫގައެވެ. އެ ރަށުގެ ހޫނުމިން ހުރީ 25.5 ޑިގްރީ ސެލްސިއަސްގައެވެ.

މީގެ އިތުރުން މާލޭގެ ހޫނުމިން 33.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ލ. ކައްދޫގެ ހޫނުމިން ހުރީ 35.7 ޑިގްރީ ސެލްސިއަސްގައެވެ. ގދ. ކާޑެއްދޫގެ ހޫނުމިން 32.8 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ސ. ގަމުގެ ހޫނުމިން ހުރީ 31.3 ޑިގްރީ ސެލްސިއަސްގައެވެ.

މެޓް އޮފީހުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލާއިރު، 37 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށްވުމުން އެއީ އާންމު ހާލަތެއް ކަމަށް ބެލެވެއެވެ. އަދި 37 ޑިގްރީއާއި 37.9 ޑިގްރީއާ ދެމެދުގައި ހުންނަ ނަމަ އެއީ ދަށް މިންވަރެއްގެ ހޫނުގެ ނުރައްކަލެއް ކަމަށާއި، 38 ޑިގްރީއާއި 38.9 ޑިގްރީއާ ދެމެދުގައި ހުންނަ ނަމަ އެއީ މެދުމިނުގެ ނުރައްކަލެއް ކަމަށް އެ އިދާރާއިން ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން 39 ޑިގްރީއަށް ވުރެ މައްޗަށް ދާ ނަމަ އެއީ ހޫނުގެ ނުރައްކާ ބޮޑު ހާލަތެއް ކަމަށް މެޓް އޮފީހުގެ މިންގަނޑުތަކުން ދައްކައެވެ.

ހޫނުމިން ދަށްވި ނަމަވެސް، މިއަދު ރާއްޖޭގެ ކަނޑުތަކުގެ ބާނި ބޮޑުވެ، އުދަ އަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.

މިއަދު ހެނދުނުން ފެށިގެން ވެރިރަށް މާލެއަށް ވެސް އަންނަނީ ދޭތެރެ ދޭތެރެއިން ވާރޭ ވެހެމުންނެވެ.

comment ކޮމެންޓް