މިއަދު ވެސް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށަށް އުދައަރާފާނެ: މެޓް

އިއްޔެ މާލެއަށް އުދަ އަރާފައި: މިއަދު ވެސް ބައެއް ރަށްރަށަށް އުދަ އަރާފާނެ ކަމަށް ވަނީ ލަފާކޮށްފައި-- ސަން ފޮޓޯ

ރާއްޖޭގެ މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު އުދައަރާނެކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ސަމާލުވުމަށް އަންގައިފިއެވެ. ކުރިއަށް އޮތް ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ސްކޫލު ބަންދު ނިމި ދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ. ```json

  • މިއަދު ހަވީރު 6 އާ ހަމައަށް މޫސުމީ ސަމާލު ވަނީ ނެރެފައެވެ.
  • ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ.
  • ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވެއެވެ.
  • އިއްޔެ މާލޭގެ ބައެއް ސަރަހައްދުތަކަށް އުދައަރައި ފެންބޮޑުވުމުން ސިފައިން ވަނީ ފެން ހިންދާފައެވެ.

މިއަދު ވެސް ރާއްޖޭގެ މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، އުދައިގެ އަސަރުކޮށްފާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިއަދު ހަވީރު 6:00 އާ ހަމައަށް ނެރުނު މޫސުމީ އެޑްވައިޒަރީއެއްގައެވެ.

އެ އިދާރާގެ އެޑްވައިޒަރީގައިވާ ގޮތުން، ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

https://sun.mv/225158

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ. މީގެ އިތުރުން ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މޫސުން ގޯސްވެ އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، އިއްޔެ ވެސް މާލޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ވަރަށް ބޮޑަށް އުދަ އަރައި ފެންބޮޑުވެފައެވެ. އޭގެ ތެރޭގައި އަލަށް ތާރު އަޅައި ނިންމި ބޮޑުތަކުރުފާނު މަގުގެ ސަރަހައްދު ވެސް ހިމެނެއެވެ.

އެމްއެންޑީއެފުން ވަނީ އުދަ އަރައި ފެންބޮޑުވި ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.

މިހާރު ކުރިއަށްދާ ސްކޫލު ބަންދު މި ހަފުތާގައި ނިމޭއިރު، ޗުއްޓީ ނިންމާފައި އެކި ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

comment ކޮމެންޓް