ކާބޯތަކެއްޗާ ބެހޭ އިންސްޕެކްޓަރުން ސުލޫކާ ޚިލާފުވެއްޖެ ނަމަ ދެން އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރާނެ

ކާބޯތަކެތި ހަދާ ތަންނެއް ބަންދުކޮށްފައި: ކާބޯތަކެތި އިންސްޕެކްޓުކުރާ ފަރާތްތަކުގެ ތެރެއިން ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ އިންސްޕެކްޓަރުން އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ހަދައިފި -- ފޮޓޯ/ ސިޓީ ކައުންސިލް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ އާ ގަވައިދެއް އެކުލަވައިލައި އަމަލުކުރަން ފަށައިފިއެވެ. މި ގަވައިދުގެ ދަށުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އާންމުންގެ ޝަކުވާތައް ބެލުމުގެ ޒިންމާ އިންސްޕެކްޓަރުންނާ ހަވާލުކޮށްފައިވާއިރު، ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކާބޯތަކެތި ހިފެހެއްޓުމާއި ނައްތައިލުމުގެ ބާރު ވެސް ވަނީ ދީފައެވެ. މީގެ އިތުރުން، އިންސްޕެކްޓަރުންގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ ފެންވަރާއި ތަޖުރިބާގެ ޝަރުތުތައް ބަޔާންކޮށްފައިވެއެވެ. އަދި އިންސްޕެކްޓަރުން ސުލޫކީ މިންގަނޑުތަކާ ޚިލާފުވެއްޖެނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި ޖޫރިމަނާކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ. ```json

  • ސުލޫކާ ޚިލާފުވާ އިންސްޕެކްޓަރުން 5،000 އިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ.
  • ރާއްޖެއަށް އެތެރެކުރާ އަދި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިންސްޕެކްޓަރުންގެ މައިގަނޑު ޒިންމާއެވެ.
  • އިންސްޕެކްޓަރުންގެ ޝަރުތުތަކުގެ ތެރޭގައި އޯލެވެލް ފުރިހަމަކުރުމާއި ފުޑް ސޭފްޓީ ތަމްރީނު ހާސިލުކުރުން ހިމެނެއެވެ.
  • މަސްލަހަތު ފުށޫއަރާ ހާލަތްތަކުގައި އިންސްޕެކްޓްކުރުމުން ތަނާޒުލުވާންޖެހޭނެކަން ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.
  • ދޮގު މައުލޫމާތު ދިނުމާއި، މާލީ މަންފާ ހޯދުމާއި، ހެއްކަށް ގެއްލުންދިނުން ފަދަ ކަންކަމަކީ މަނާ ކަންތައްތަކެކެވެ.

ކާބޯތަކެތި އިންސްޕެކްޓުކުރާ ފަރާތްތަކުގެ ތެރެއިން ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ އިންސްޕެކްޓަރުން އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ގަވައިދެއް އެކުލަވައިލައި އަމަލުކުރަން ފަށައިފިއެވެ.

ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ (އެމްއެފްޑީއޭ)އިން އާންމު ކުރި ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވައިދުގައި ވަނީ އިންސްޕެކްޓަރުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތުތަކުގެ ތަފުސީލު ހިމަނައިފައެވެ.

އެގޮތުން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާއި ރާއްޖޭން ބޭރުކުރާ ކާބޯތަކެއްޗާއި ރާއްޖޭގައި ކާބޯތަކެތި އުފައްދައި ވިއްކާ ތަންތަނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދާ މިންގަނޑުތަކަށް ފެތޭ ތަކެތިކަން ކަށަވަރުކުރުމަކީ އިންސްޕެކްޓަރުންގެ ޒިންމާއެކެވެ.

ގަވައިދުގައިވާ ގޮތުން، އިންސްޕެކްޓަރުން ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އާންމުންގެ ފަރާތުން އަންނަ ޝަކުވާތައް ބަލައި ގަވައިދުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެއެވެ.

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަކީ އެތެރެކުރުން މަނާ އެއްޗެއް ކަމަށް އެމްއެފްޑީއޭއަށް ގަބޫލުކުރެވިއްޖެ ނަމަ އެ ތަކެތި ތަހުލީލުކޮށް ނިމެންދެން ހިފެހެއްޓުމުގެ ބާރާއި އެ ތަކެތި ނައްތައިލުމާއި ހާލަތަށް ބަލައި އަނބުރާ ފޮނުވައިލުމުގެ ބާރު އިންސްޕެކްޓަރުންނަށް ގަވައިދުގެ ދަށުން ލިބެއެވެ.

ސްކޫލެއްގެ ކެފެޓީރިއާގައި ހުރި ބައެއް ކާތަކެތި ---

މި ގަވައިދުގެ ދަށުން އައްޔަންކުރާ އިންސްޕެކްޓަރުންނަށް އެމްއެފްޑީއޭއިން ރަސްމީ ފާހެއް ނުވަތަ ލިއުމެއް ދޫކުރަން ވާނެއެވެ.

އިންސްޕެކްޓަރުންގެ ޝަރުތުތަކުގެ ތެރޭ ހިމެނެނީ ދަށްވެގެން ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުމާއި ބޭސިކް ފުޑް ސޭފްޓީ ތަމްރީނު ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ހާސިލުކޮށްފައިވުމާއި ފަރިތަކަމާއެކު ދިވެހިބަހާއި އިނގިރޭސިބަހުން މުއާމަލާތުކުރަން އެނގުމެވެ. ނަމަވެސް މި ގަވައިދަށް އަމަލުކުރަން ފަށާއިރު އެމްއެފްޑީއޭގެ އިންސްޕެކްޓަރެއްގެ ގޮތުގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށްފައިވާ ފަރާތްތައް އެ ޝަރުތުތަކުން އިސްތިސްނާވާނެއެވެ.

ގަވައިދުގައި ވަނީ، ކާބޯތަކެތީގެ އިންސްޕެކްޓަރަކު ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރުމާއި އެފަދަ ތަނެއް ހިންގުމާއި އެފަދަ ތަނެއްގެ ހިއްސާދާރަކަށްވުމާއި އާއިލީ ގުޅުމުގެ ސަބަބުން މަސްލަހަތު ފުށޫއަރާ ފަދަ ހާލަތެއްގައި އެކަން އެމްއެފްޑީއޭއަށް ލިއުމުން ވަގުތުން އެންގުމަށްފަހު އެ ތަނެއް އިންސްޕެކްޓްކުރުމުން ތަނާޒުލު ވާން ޖެހޭނެ ކަމަށެވެ.

އިންސްޕެކްޓަރުން ދޮގު މައުލޫމާތު އެމްއެފްޑީއޭއަށް ދިނުމާއި މާލީ މަންފާއެއް ހޯދުމާއި އިންސްޕެކްޓުނުކޮށް ގަވައިދަށް ނުފެތޭ ތަންތަނަކަށް ލައިސަންސް ދިނުމާއި އިންސްޕެކްޝަނަށް ނަގައިފައިވާ ހެއްކަކަށް ގެއްލުން ދިނުން ފަދަ ކަންކަން ކުރުން މަނާވާނެއެވެ.

https://sun.mv/222993

އެފަދަ ކަންކަން ކުރާ ފަރާތްތައް ކުރާ ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި، 5،000 ރުފިޔާއާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ގަވައިދުގެ ދަށުން އެމްއެފްޑީއޭއަށް ލިބިދެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގަވައިދުތައް އެކުލަވާލުމާއި ކާބޯތަކެތީގެ ރައްކާތެރިކަން މޮނިޓާކޮށް، ޓެސްޓުކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް