ދިރާގުން މިނިވަން ދުވަހުގެ މުނާސަބަތުގައި ހިލޭ ޑޭޓާ އާއި އިތުރު އޮފާތައް

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިރާގުން ވަނީ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ އޮފާތަކެއް ތައާރަފުކޮށްފައެވެ. މި އޮފާތަކުގެ މައިގަނޑު މަގުސަދަކީ މިނިވަން ދުވަހުގެ ޗުއްޓީގައި އާއިލާއާއި ރައްޓެހިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމާއި، ހަލުވި އިންޓަނެޓާއެކު ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. މިގޮތުން ޕްރިޕެއިޑް ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ދޫކުރުމުގެ އިތުރުން، އިންޓަނެޓްގެ ޚިދުމަތް އަޕްގްރޭޑްކުރަން ބޭނުންވާ ފަރާތްތަކަށް ލިމިޓެއްނެތް ފައިބަރ ބްރޯޑްބޭންޑްގެ ޚާއްސަ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ. ދިރާގުގެ އަމާޒަކީ ޒަމާނީ ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން މުއްސަނދިކުރުމެވެ. ```json

  • ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 6ޖީބީގެ ހިލޭ ބޯނަސް ޑޭޓާ ލިބޭނެއެވެ.
  • އަންނަ ހުކުރު ދުވަހުގެ ކުރިން ލިމިޓެއްނެތް ފައިބަރ ކަނެކްޝަނަށް އެދޭ ފަރާތްތަކަށް ރައުޓަރާއި ކަނެކްޝަން މުޅިން ހިލޭ ލިބޭނެއެވެ.
  • ލިމިޓެއްނެތް ފައިބަރ ކަސްޓަމަރުންނަށް އެލައިޑް އިންޝުއަރެންސްގެ ހޯމް ކޮންޓެންޓްސް ތަކަފުލް އެއް އަހަރު ދުވަހަށް ހިލޭ ލިބޭނެއެވެ.
  • މި އިންޝުއަރެންސްގެ ދަށުން ގޭގައި ހުންނަ 20 އަށްވުރެ ގިނަ ބާވަތުގެ މުދަލަށް 150000 ރުފިޔާއާ ހަމައަށް ކަވަރޭޖް ކަށަވަރުވެގެންދާނެއެވެ.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިރާގުން ޚާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.

މި އޮފާގެ ދަށުން ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 6ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބޭނެއެވެ. މި ޑޭޓާ ހޯދުމަށް ދިރާގު އެޕް ނުވަތަ #225* މެދުވެރިކޮށް، މިއަދު އިރުއޮއްސި 6:00 ގެ ކުރިން އެކްޓިވޭޓް ކުރެވޭނެއެވެ.

ދިރާގުން ބުނީ، މިއީ މިނިވަން ދުވަހުގެ ޗުއްޓީގައި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށް، މުއާމަލާތް ކުރުމުގައި ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ފަހިކޮށްދީފައިވާ ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުން، ގޭގެ އިންޓަނެޓްގެ ޚިދުމަތް އަޕްގްރޭޑް ކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ދިރާގުން ވަނީ ލިމިޓެއްނެތް ފައިބަރގެ ޚާއްސަ އޮފާއެެއްވެސް އިއުލާންކޮށްފައެވެ. މިގޮތުން އަންނަ ހުކުރު ދުވަހުގެ ކުރިން ލިމިޓެއްނެތް ފައިބަރ ކަނެކްޝަނަކަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް، ރައުޓަރާއި ކަނެކްޝަން މުޅިން ހިލޭ ލިބޭނެއެވެ.

މީގެ ސަބަބުން އިތުރު ޚަރަދަކާ ނުލައި، ހަލުވި އަދި އިތުބާރު ހުރި ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ކަސްޓަމަރުންނަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ހަމައެއާއެކު، މި އޮފާގެ ދަށުން ލިމިޓެއްނެތް ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެލައިޑް އިންޝުއަރެންސްގެ 'ހޯމް ކޮންޓެންޓްސް ތަކަފުލް' މުޅިން ހިލޭ ލިބޭނެކަން ދިރާގުން ފާހަގަކުރިއެވެ. މި ސްކީމްގެ ދަށުން ގޭގައި ހުންނަ މުދަލުގެ 20 އަށްވުރެ ގިނަ ބާވަތަކަށް، އެއް އަހަރު ދުވަހުގެ މުއްދަތަށް 150,000 ރުފިޔާއާ ހަމައަށް އިންޝުއަރެންސް ކަވަރޭޖް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ފާހަގަކުރި ގޮތުގައި، އެ އޮފާ މެދުވެރިކޮށް ހަލުވި އިންޓަނެޓާއެކު، ގޭގެ މުދަލަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކަރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވާނެއެވެ.

މި އޮފާތަކާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ޒަމާނީ ޑިޖިޓަލް ޚިދުމަތްތަކާއި އިތުބާރު ހުރި ކަނެކްޓިވިޓީ މެދުވެރިކޮށް ދިވެހީންގެ ދިރިއުޅުން މުއްސަނދިކޮށް، ކަސްޓަމަރުންނަށް ފައިދާހުރި އަދި އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް