އުރީދޫ އެޕްގެ އޮޓޯޕޭ މެދުވެރިކޮށް ފައިސާ ދައްކާނެ ދުވަސް އަމިއްލައަށް އިޚްތިޔާރު ކުރެވޭނެ

އުރީދޫ އެޕްގެ އޮޓޯޕޭ މެދުވެރިކޮށް ފައިސާ ދައްކާނެ ދުވަސް މިހާރު އަމިއްލައަށް އިޚްތިޔާރު ކުރެވޭނެ..... ފޮޓޯ/ އުރީދޫ

އުރީދޫ މޯލްޑިވްސްއިން އުރީދޫ އެޕްގައި ހިމެނޭ "އޮޓޯޕޭ" ފީޗާ މެދުވެރިކޮށް، ކަސްޓަމަރުން ބޭނުންވާ ދުވަހެއްގައި އޮޓޮމެޓިކުން ބިލްތަކަށް ފައިސާ ދެއްކުމާއި، ޕްރީޕެއިޑް ރީޗާޖްކުރުމާއި އެޑް-އޯންތައް ގަނެވޭނެ ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދީފިއެވެ.

އުރީދޫން ބުނި ގޮތުގައި، މިއީ ކަސްޓަމަރުން ބޭނުންވާ ތާރީޚެއްގައި ރައްކާތެރިކަމާއެކު އޮޓޮމެޓިކުން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިދީ، މެދުކެނޑުމެއްނެތި ޚިދުމަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ.

މި އައު ބަދަލާއެކު، މުސާރަ ލިބޭ ދުވަހާ ދިމާކޮށް ނުވަތަ މަހުގެ ބަޖެޓާ އެއްގޮތަށް ކަސްޓަމަރަށް އެންމެ ފަސޭހަ ތާރީޚެއްގައި ފައިސާ ދެއްކުމަށް އޮޓޯޕޭ ސެޓްކޮށްލުމުން، އަމިއްލައަށް ފައިސާ ދެއްކުމުގެ ބަދަލުގައި އޮޓޮމެޓިކުން މުޢާމަލާތްތައް ނިންމާލަދޭނެއެވެ.

އޮޓޯޕޭ މެދުވެރިކޮށް ކަސްޓަމަރުންނަށް އެ މީހުންގެ ކާޑުގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ސޭވްކޮށް، އުރީދޫ އެޕް މެދުވެރިކޮށް ގަވާއިދުން ކުރަންޖެހޭ މުޢާމަލާތްތައް ތާވަލުކުރެވޭނެއެވެ.

މި ފީޗާގެ ދަށުން މަހުން މަހަށް ދައްކަންޖެހޭ ބިލްތަކާއި، ޕްރީޕެއިޑް ރީޗާޖްތަކާއި، އެޑް-އޯންތައް ގަތުން ފަދަ ތަފާތު ކަންކަމަށް އޮޓޯޕޭ ސެޓްކުރެވޭނެއެވެ.

މިއާއެކު، ބިލް ނުދެއްކިގެން ޚިދުމަތް މެދުކެނޑުމުގެ ބިރު ނެތި، ކަނޑައަޅާފައިވާ ދުވަހު އޮޓޮމެޓިކުން ފައިސާ ދައްކައިދޭނެއެވެ. އަދި މި ހުރިހާ ކަމެއްވެސް އުރީދޫ އެޕް މެދުވެރިކޮށް ބަލަހައްޓައި ބަދަލުތައް ގެނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އޮޓޯޕޭ ސެޓްއަޕް ކުރުމަށްޓަކައި، ކޮންމެ މުޢާމަލާތެއް ކުރާއިރުވެސް ކަސްޓަމަރު ބޭނުންވާ ކާޑެއް ސޭވްކޮށްލެވޭނެއެވެ. އެއަށްފަހު، އުރީދޫ އެޕްގެ "މޯ" މެނޫއިން "އޮޓޯޕޭ" ބަޔަށް ގޮސް، އޮޓޮމެޓިކުން ފައިސާ ދައްކަން ބޭނުންވާ ޚިދުމަތް ޚިޔާރުކޮށް، އެންމެ އެކަށީގެންވާ ދުވަސް ކަނޑައެޅޭނެއެވެ.

ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމާއި ބާރުވެރިކަން ލިބޭނެ ފަދަ ޚިދުމަތްތަކާއި ފީޗާތައް ތަޢާރަފުކުރަމުންނެވެ.

އުރީދޫ އެޕްގެ އޮޓޯޕޭ ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް، އުރީދޫގެ ވާޗުއަލް އެސިސްޓަންޓް "އެވީ" އާ، އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް ޗެޓް ކުރެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް