ފޭކު ސެޓްފިކެޓުތަކާއި ސަނަދުތައް ދިނުން ހުއްޓުވަން ހުރި ދަތިތައް ހޯދަން، އެމްކިއުއޭ ހާޒިރުކުރަން އެދެފި

އެމްކިއުއޭގެ ބައްދަލުވުމެއްގެ ތެރެއިން: ފޭކު ސެޓްފިކެޓުތަކާއި ފޯޖު ސަނަދުތައް ހުއްޓުވަން ހުރި ދަތިތައް ހޯދަން އެމްކިއުއޭ މަޖިލީހަށް ހާޒިރުކޮށްދޭން ވަނީ އެދިފައި -- ފޮޓޯ/ އެމްކިއުއޭ

ރާއްޖޭގައި ފޭކު ސެޓުފިކެޓުތަކާއި ފޯޖު ސަނަދުތައް ދޫކުރުން އިތުރުވެފައިވާތީ، މިކަން ހުއްޓުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށް އެ އޮތޯރިޓީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ވަނީ ހުށަހަޅާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިކަމަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމްއެވެ. މި މައްސަލައިގެ ސަބަބުން ދަރިވަރުންނަށް ބޭނުންވާ ފުރިހަމަ ހުނަރާއި އިލްމު ނުލިބި، ހަމައެކަނި ރަމްޒީ ސަނަދެއް ލިބޭކަން މެންބަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކިޔަވައިދޭ މާއްދާތައް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ނުފެތުމާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުބާރު ގެއްލި، ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމުގެ އަގުވެއްޓެމުންދާކަން ވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ. މިއާއެކު، ދާދި ފަހުން ރަޖިސްޓްރީނުކުރާ ދަރިވަރުންތަކަކަށް ސެޓުފިކެޓު ދޫކުރި މައްސަލައެއްގައި އެވިޑް ކޮލެޖު ވަނީ ޖޫރިމަނާކޮށްފައެވެ. މި ކަންކަން ހައްލުކުރުމަށްޓަކައި އެމްކިއުއޭގެ ދައުރު ވަޒަންކުރުމަކީ މުހިންމު ކަމެއްކަމަށް މެންބަރު ދެކެވަޑައިގަންނަވައެވެ.

  • އެމްކިއުއޭގެ އިސްވެރިން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހެޅުން.
  • ފޭކު ސަނަދުތަކުގެ ސަބަބުން ދަރިވަރުންގެ އަތުން ބޭކާރު ޚަރަދުތަކެއް ހިނގުން.
  • ތައުލީމީ މަރުކަޒުތަކުން ނުކުންނަ ދަރިވަރުންނާމެދު ވަޒީފާދޭ ފަރާތްތަކުގެ އިތުބާރު ކުޑަވުން.
  • ރާއްޖޭގެ ތައުލީމީ ނިޒާމުގެ ފެންވަރު ދަށަށްގޮސް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ސަނަދުތައް ބަލައިނުގަތުމުގެ ބިރު އޮތުން.
  • ގަވާއިދާ ޚިލާފަށް ސަނަދު ދޫކުރި މައްސަލައެއްގައި ދާދި ފަހުން ކޮލެޖެއް ޖޫރިމަނާކޮށްފައިވުން.

ފޭކު ސެޓުފިކެޓުތަކާއި ފޯޖު ސަނަދުތައް ހުއްޓުވަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އަށް ހުރި ގޮންޖެހުންތައް އޮޅުން ފިލުވުމަށް އެ އޮތޯރިޓީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި އެފަދައިން އެދިވަޑައިގެންނެވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)އެވެ.

އެގޮތުން، ފޭކު ސެޓުފިކެޓުތަކާއި ސަނަދުތައް ހުއްޓުވުމަށް ހުރި ގޮންޖެހުންތައް މެންބަރުގެ ސިޓީގައި ކިޔައިދެއްވާފައިވެއެވެ.

މެންބަރު މުހައްމަދު އިބްރާހިމް: ފޭކު ސެޓްފިކެޓުތަކާއި ފޯޖު ސަނަދުތައް ހުއްޓުވަން ހުރި ދަތިތައް ހޯދަން އެމްކިއުއޭ މަޖިލީހަށް ހާޒިރުކޮށްދޭން މެންބަރު ވަނީ އެދިވަޑައިގެންފައި -- ފޮޓޯ/ މަޖިލީސް

އޭގެތެރެއިން ބައެއް ކަންކަމަކީ:

  • ދަރިވަރުންނަށް ލިބެން ޖެހޭ ފުރިހަމަ އިލްމާއި ހުނަރުތައް ނުލިބި، ހަމައެކަނި ރަމްޒީ ސަނަދެއް ލިބުން
  • ކިޔަވައިދޭ މާއްދާތަކަކީ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގެ މިންގަނޑަށް ފެތޭ އެއްޗަކަށް ނުވުން
  • ސަނަދެއް އޮތަސް، މަސައްކަތަށް ބޭނުންވާ އަމަލީ ހުނަރު މުވައްޒަފުންގެ ކިބައިގައި ނެތުން
  • ތައުލީމީ މަރުކަޒުތަކުން ނިކުންނަ ދަރިވަރުންނާމެދު ވަޒީފާދޭ މީހުންގެ މެދުގައި އިތުބާރު ކުޑަވުން
  • އެއްވެސް އަގެއް ނެތް ސަނަދެއް ހޯދުމަށް ބުރަ މަސައްކަތުން ހޯދާ ފައިސާ ޚަރަދުކުރެވުން
  • ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމުގެ އަގުވެއްޓި، ރާއްޖޭގެ ސަނަދުތައް ބޭރު ގައުމުތަކުން ބަލައިނުގަން ހާލަތަކަށް ދިޔުން

ރާއްޖޭގައި އާންމު މި މައްސަލަ ހުއްޓުވުމަށް ދަރިވަރުންނާއި މަޖިލީހާއި އެމްކިއުއޭއަށް ކުރެވިދާނެ ކަންކަން ވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެހެންވެ، ކުޑޫ ހުށަހެޅުއްވީ މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ޚިދުމަތްތަކުގެ ފެންވަރު ވަޒަންކުރުމުގައި އެމްކިއުއޭގެ ދައުރާއި އެ އޮތޯރިޓީއަށް ހުރި ގޮންޖެހުންތައް ހޯދުމަށް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް އެމްކިއުއޭގެ އިސްވެރިން ހާޒިރުކޮށްދެއްވުމަށެވެ.

https://sun.mv/223670

ކުޑޫ އެފަދައިން އެދިވަޑައިގެންނެވިއިރު، ރަޖިސްޓްރީ ކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކޮށްފައިވާތީ އެވިޑް ކޮލެޖު މި ހަފުތާގައި ވަނީ ޖޫރިމަނާކޮށްފައެވެ.

comment ކޮމެންޓް