ނަޖިސްވެފައި ވޭތޯ ބެލުމަށް ރަސްފަންނުގެ ފެން ޓެސްޓު ކުރަނީ

ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު: ނަޖިސްވެފައި ވޭތޯ ބެލުމަށް ރަސްފަންނުގެ ފެން ޓެސްޓު ކުރަން ނިންމައިފި -- ސަން ފޮޓޯ/ އާއިޝް އަޝްރަފް

މާލޭގެ ރަސްފަންނު ބީޗަށް މޫދަށް އެރޭ ސަރަހައްދުގެ ފެން ނަޖިސްވެފައިވާކަމަށް 2024 ވަނަ އަހަރުގެ ދިރާސާއަކުން ދެއްކުމާ ގުޅިގެން، އެ ސަރަހައްދުގެ ފެން ޓެސްޓުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ، މި މައްސަލައިގައި ކައުންސިލުން ވަކި ގޮތެއް ކަނޑައަޅާނީ ފެން ޓެސްޓުކުރުމަށްފަހު ލިބޭ ނަތީޖާއަށް ބިނާކޮށްގެން ކަމަށެވެ. މީގެ އިތުރުން، ކޮންސްޓްރަކްޝަން މިނިސްޓްރީން ރަސްފަންނު ތަރައްގީކުރުމުގެ މަސައްކަތް ކޮށްފައިވަނީ ވަރަށް ފަރުވާކުޑަކޮށް ކަމަށާއި، އެތަން ސާފުނުކޮށް ހަވާލުކޮށްފައިވާކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. ގައުމީ ޔުނިވަސިޓީން މީގެ 2 އަހަރު ކުރިން ހަދާފައިވާ ދިރާސާއަކުންވެސް ދައްކާގޮތުގައި، އޮއިވަރު ހުންނަ ގޮތުން ފެން ދައުރުވުން ކުޑަވުމާއި ނަރުދަމާ ހޮޅިތައް ކައިރީގައި ހުރުމުގެ ސަބަބުން ރަސްފަންނުގެ ފެނުގެ ފެންވަރު އަންނަނީ ދަށްވަމުންނެވެ. މި ސަބަބުތަކަށްޓަކައި، ފެން ތަގައްޔަރުވެފައިވާ އެ ސަރަހައްދަށް މީހުން މޫދަށް އެރޭތީ ސިއްހީ މާހިރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

  • ފެން ޓެސްޓުކުރުން: ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ ފެން ނަޖިސްވެފައިވޭތޯ ބެލުމަށް މާލެ ސިޓީ ކައުންސިލުން ނިންމުން.
  • ނިންމުން ކަނޑައެޅުން: ފެނުގެ ހާލަތު ބެލުމަށްފަހު ލިބޭ ނަތީޖާއަށް ބަލައި ކައުންސިލުން ގޮތެއް ކަނޑައެޅުން.
  • ފަރުވާކުޑަކުރުން: ކޮންސްޓްރަކްޝަން މިނިސްޓްރީން ރަސްފަންނު ތަރައްގީކުރުމުގެ މަސައްކަތް ކޮށްފައިވަނީ ފަރުވާކުޑަކޮށްކަމަށް މޭޔަރު ފާހަގަކުރެއްވުން.
  • ދިރާސާގެ ހޯދުންތައް: ނަރުދަމާ ނިޒާމާ ކައިރިވުމާއި ފެން ދައުރުވުން ކުޑަވުމުގެ ސަބަބުން ފެނުގެ ފެންވަރު ދަށްވަމުންދާކަން ގައުމީ ޔުނިވަސިޓީގެ ދިރާސާއިން ދެއްކުން.
  • ސިއްހީ ކަންބޮޑުވުން: ފެން ތަގައްޔަރުވެފައިވާ ސަރަހައްދަކަށް އާންމުން މޫދަށް އެރޭތީ ސިއްހީ މާހިރުންގެ ކަންބޮޑުވުން އޮތުން.

ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ ފެން ނަޖިސްވެފައި ވޭތޯ ބެލުމަށް ފެން ޓެސްޓުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ރަސްފަންނު ބީޗުގެ ފެން ތަކުރާރުކޮށް ނަޖިސްވާ ކަމަށް 2024ގެ ދިރާސާއަކުން ދައްކާފައި ވާއިރު ވެސް އެ ސަރަހައްދަށް މީހުން މޫދަށް އެރޭތީ ބައެއް ސިއްހީ މާހިރުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅުވައި ސަން އިން ސުވާލުކުރުމުން ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ކައުންސިލުން ގޮތެއް ކަނޑައަޅާނީ އެތަނުގެ ފެން ޓެސްޓު ކުރުމަށްފަހު ކަމަށެވެ.

މޭޔަރު ވިދާޅުވީ އެތަނަށް މީހުން މޫދަށް އެރޭއިރު އެތަނުގެ ފެން ތަގައްޔަރުވެފައިވާ މިންވަރު ބެލުމަށް ފެން ޓެސްޓުކުރުމަށް މިހާރު ބުނެފައި ވާނެ ކަމަށެވެ. އަދި ކައުންސިލުން އެކަމަށް ވަކި އެއްޗެއް ބުނާނީ ފެން ޓެސްޓުކޮށް ނަތީޖާ ލިބުމުން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު: ނަޖިސްވެފައި ވޭތޯ ބެލުމަށް ރަސްފަންނުގެ ފެން ޓެސްޓު ކުރަން ނިންމައިފި -- ސަން ފޮޓޯ/ އާއިޝް އަޝްރަފް

މޭޔަރު އާޒިމް ވިދާޅުވީ ކޮންސްޓްރަކްޝަން މިނިސްޓްރީއިން އެންމެ ފަހުން ރަސްފަންނު ތަރައްގީކޮށް ހަވާލުކުރިއިރު އެކަން ކޮށްފައި ވަނީ ވަރަށް ފަރުވާކުޑަކޮށް ކަމަށެވެ. މިނިސްޓްރީއިން ރަސްފަންނު ތަރައްގީކޮށްފައި ވަނީ ކަމަކަށް ކަމެއްކުރާ އުސޫލުންކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

ހަމަ މިނިސްޓްރީއިން ނިންމީއޭ ބުނަން ވެގެން، ކަމަކަށް ކަމެއްކޮށް ނިންމާލާފަ އެ އޮތީ. އެތަން ނިމުނުއިރު އެތަނުގައި ޗަކަތަކާއި އެއްޗެހިވެސް ހުރީ ނުނަގާ ސާފުނުކޮށް. ތިބޭފުޅުންނަށް ވެސް ފެންނާނެ އެތަން އޮތް ގޮތް. އަޅުގަނޑުމެން އަދި އިހަކަށް ދުވަހު ކަޅު ތެޔޮތައް ސާފުކުރީ، މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް

ރަސްފަންނު ބީޗުގެ ފެން ތަކުރާރުކޮށް ނަޖިސްވާ ކަމަށް ދިރާސާއަކުން ދައްކާފައިވާއިރު ވެސް އެ ސަރަހައްދަށް މީހުން މޫދަށް އެރޭތީ ބައެއް ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކޮށަފައި ވާތާ މިހާރު ވަނީ ދުވަސްކޮޅެއް ވެފައެވެ.

https://sun.mv/223757

މީގެ ދެ އަހަރު ކުރިން ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން އެކުލަވައިލި މެރިން ބަޔޮލޮޖީ ދާއިރާގެ ދިރާސާއިން އެނގޭ ގޮތުގައި، ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ ފެނުގެ ފެންވަރު ތަކުރާރުކޮށް އަންނަނީ ދަށްވަމުންނެވެ. އެއީ، އެ ސަރަހައްދުގެ އޮއިވަރު ހުންނަ ގޮތުން ފެން ދައުރުވުން ކުޑަވުމާއި މާލޭގެ ނަރުދަމާ ނިޒާމުން ބޭރުކުރާ ނަޖިސް ހޮޅިތަކާ އެ ސަރަހައްދު ކައިރިވުމުގެ ސަބަބުން ކަމަށް އެ ދިރާސާއިން ދައްކައެވެ.

https://sun.mv/223596

ކަން އެހެން އޮއްވައި، އެ ސަރަހައްދަށް އަދިވެސް މީހުން މޫދަށް އެރޭތީ ބައެއް ސިއްހީ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

comment ކޮމެންޓް