މޫސުމީ ވިލުންތެރިކަމާއި ކާނާގެ ޔަގީންކަން އިތުރުކުރުމަށް "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އިފްތިތާޙުކޮށްފި

މޫސުމީ ވިލުންތެރިކަމާއި ކާނާގެ ޔަގީންކަން އިތުރުކުރުމަށް "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އިފްތިތާޙުކުރުމުގެ ތެރެއިން...

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، އޭޑީބީގެ މާލީ އެހީތެރިކަމާއެކު "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ވަނީ ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ. ޤައުމީ ފެންވަރުގައި ހިންގާ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ދެމެހެއްޓެނިވި އިޤުތިޞާދީ ފުރުޞަތުތައް މުޖުތަމަޢުތަކަށް ފަހިކޮށްދިނުމެވެ. އެގޮތުން، ދަނޑުވެރިކަމާއި ތިމާވެއްޓާ ރައްޓެހި އީޖާދީ ޚިޔާލުތަކަށް ފަންޑުކޮށް، އުފެއްދުންތައް މާކެޓްކުރާނެ އައު ގޮތްތައް ތަޢާރަފުކުރުމަށް މި މަޝްރޫޢުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

  • އެޕްލިކޭޝަނަށް ހުޅުވާލުން: ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު 23 ޖުލައި 2026 އިން ފެށިގެން އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ކުރިއަށްދާނެއެވެ.
  • ފުރަތަމަ ބުރުގެ އަމާޒު: ފުރަތަމަ ބުރު ޚާއްޞަކޮށްފައިވަނީ ވަކިވަކި ފަރުދުންނަށެވެ. ޖުމުލަ 150 ފަރާތަކަށް ފޯމު ހުށަހެޅޭއިރު، ޝަރުޠު ހަމަވާ 50 ފަރާތަކަށް އެހީ ދެވޭނެއެވެ.
  • ސުންގަޑި: ފޯމު ހުށަހެޅުމުގެ ފުރުޞަތު ބަންދުވާނީ 150 ފޯމު ހަމަވުމުން، ނުވަތަ ފުރުޞަތު ހުޅުވާލާތާ އެއް މަސްދުވަސް ފާއިތުވުމުންނެވެ.
  • އެހީ ދޫކުރާ ދާއިރާތައް: ވަކިވަކި ފަރުދުންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، މުއައްސަސާތަކުން ހިންގާ ނަމޫނާ މަޝްރޫޢުތަކަށް އެހީ ފޯރުކޮށްދެވޭނެއެވެ.
  • އިސްކަންދޭ ކަންކަން: މޫސުމީ ބަދަލުތަކާ ގުޅޭ ދަނޑުވެރިކަމާއި، ޑިޖިޓަލް އަދި ތިމާވެއްޓާ ރައްޓެހި އީޖާދުތަކުގެ އިތުރުން ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް އިސްކަންދެވޭނެއެވެ.

މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް އީޖާދީ ވަސީލަތްތައް ގާއިމްކުރުމަށް އެހީތެރިވުމުގެ ގޮތުން "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އިއްޔެ އިފްތިތާޙުކުރި މި ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ހިންގާ މަޝްރޫއެކެވެ.

މޫސުމީ ވިލުންތެރިކަމާއި ކާނާގެ ޔަގީންކަން އިތުރުކުރުމަށް "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އިފްތިތާޙުކުރުމުގެ ތެރެއިން...

މި ގްރާންޓް އިފްތިތާޙުކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އިން އިއްޔެ ބޭއްވި "އެޑްވާންސިން ދަ ނެޝެނަލް އެޑެޕްޓޭޝަން ޕްލޭން އޮފް ދަ މޯލްޑިވްސް" ފޯރަމްގެ ތެރެއިންނެވެ.

މިއީ "އެންހާންސިން ކްލައިމޭޓް ރިސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓް" ގެ ދަށުން ތިން މަޝްރޫއަކަށް ބަހާލައިގެން، މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި އިގްތިސާދީ ފުރުސަތުތައް ފަހިކުރުމަށް ގައުމީ ފެންވަރުގައި ހިންގާ ހަރަކާތެކެވެ.

މި ސްކީމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ތިން ދާއިރާއަކުންނެވެ. އެއީ:
1. ވަކިވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީތައް
2. މުޖުތަމައުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ އެހީ
3. މުއައްސަސާތަކުން ހިންގާ ނަމޫނާ މަޝްރޫއުތަކަށް ދޭ އެހީ

މި ޕްރޮގްރާމްގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދަނޑުވެރިކަމާއި، ޑިޖިޓަލް އަދި ތިމާވެއްޓާ ރައްޓެހި އައު އީޖާދުތަކުގެ އިތުރުން، އުފެއްދުންތެރިކަން އިތުރުކޮށް ކާނާގެ މިންވަރު މަތިކުރުމަށް މާލީ އެހީތެރިކަން ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އުފެއްދުންތައް މާކެޓްކުރުމުގެ އައު ގޮތްތައް ތައާރަފްކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މޫސުމީ ވިލުންތެރިކަމާއި ކާނާގެ ޔަގީންކަން އިތުރުކުރުމަށް "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އިފްތިތާޙުކުރުމުގެ ތެރެއިން...

މި ޕްރޮގްރާމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، "ވިލުންވެށި ގްރާންޓް ޕްރޮގްރާމަކީ މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، ކާނާގެ ރައްކާތެރިކަމާއި، އަދި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭ އައު އީޖާދީ ޚިޔާލުތައް ހުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް" ކަމަށެވެ.

އަދި އަމާޒަކީ ރަށު ފެންވަރުގައި އާމްދަނީ ހޯދުމުގެ ފުރުސަތުތައް އިތުރުކޮށް، މުޖުތަމައުތައް ބާރުވެރިކުރުވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

""ވިލުންވެށި ގްރާންޓް ޕްރޮގްރާމަކީ މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، ކާނާގެ ރައްކާތެރިކަމާއި، އަދި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭ އައު އީޖާދީ ޚިޔާލުތައް ހުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް" އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވިއެވެ.

މި އެހީގެ ފުރަތަމަ ބުރު ހުޅުވާލާފައިވަނީ ވަކިވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީތަކަށެވެ. މި ބުރުގައި ޖުމްލަ 150 ފަރާތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ލިބޭއިރު، އޭގެ ތެރެއިން އެންމެ އެކަށީގެންވާ 50 ފަރާތަކަށް ގްރާންޓް ދޫކުރެވޭނެއެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ބަންދުވާނީ 150 ހުށަހެޅުން ހަމަވުމުން ނުވަތަ ހުޅުވާލާތާ އެއްމަސް ދުވަސް ވުމުންނެވެ.

މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 23 ޖުލައި 2026 އިން ފެށިގެން އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް (www.smedigital.mv) ގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެއެވެ.

comment ކޮމެންޓް