ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް ފަށައިފި

ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް ފެށުމުގެ ތެރެއިން... ފޮޓޯ/ ބީއެމްއެލް

ނެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން، ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ފަށައިފިއެވެ. މިއީ ރާއްޖޭގެ ޒުވާން ނެޓްބޯޅަ ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް އަމާޒުކޮށްގެން ބާއްވާ މުހިންމު މުބާރާތެކެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 15 ސްކޫލަކުން ވާދަކުރެއެވެ. މުބާރާތް ކުރިއަށްދަނީ 15 އަހަރުން ދަށުގެ އަދި 17 އަހަރުން ދަށުގެ އުމުރުފުރާތަކަށް ބަހާލައިގެންނެވެ. ބީއެމްއެލްއިން ވަނީ ޒުވާނުންގެ ކުޅިވަރު ކުރިއެރުވުމަށް ނެޓްބޯލް އެސޯސިއޭޝަނާއެކު ދާދި ފަހުން ހާއްސަ އެއްބަސްވުމެއް ގާއިމުކޮށްފައެވެ.

  • މުބާރާތް ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު.
  • މުބާރާތް ކުރިއަށްދާނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް.
  • 15 އަދި 17 އަހަރުން ދަށުގެ އުމުރުފުރާތަކުގައި ޖުމްލަ 15 ސްކޫލަކުން ބައިވެރިވޭ.
  • މިއީ ބީއެމްއެލްއާއި ނެޓްބޯލް އެސޯސިއޭޝަނާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ބާއްވާ މުބާރާތެއް.
  • ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަށް ސްކޫލްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުން.
  • ގައުމީ ފެންވަރުގައި ނެޓްބޯޅަ ކުރިއެރުވުމަށް ބޮޑެތި ކުންފުނިތަކުގެ އެއްބާރުލުން ހޯދުން.
  • ކުޅިވަރުގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުމަށް ބީއެމްއެލްއިން ކުރާ މަސައްކަތް ފުޅާކުރުން.

ނެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ.

މި މުބާރާތް ފެށުމަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާގެ އިތުރުން, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަ މުޙައްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް ފެށުމުގެ ތެރެއިން... ފޮޓޯ/ ބީއެމްއެލް

މިއީ ރާއްޖޭގެ ޒުވާން ނެޓްބޯޅަ ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް ބާއްވާ މުހިންމު މުބާރާތެކެވެ.

މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 15 ސްކޫލަކުން ބައިވެރިވެއެވެ.

މުބާރާތް ކުރިއަށްދަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 15 އަހަރުން ދަށުގެ ދަރިވަރުންގެ ބަޔާއި 17 އަހަރުން ދަށުގެ ދަރިވަރުންގެ ބައެވެ.

ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް ފެށުމުގެ ތެރެއިން... ފޮޓޯ/ ބީއެމްއެލް

ޒުވާނުންގެ މެދުގައި ނެޓްބޯޅައިގެ ހުނަރު ކުރިއެރުވުމަށްޓަކައި ބީއެމްއެލް އިން ވަނީ ދާދި ފަހުން ނެޓްބޯލް އެސޯސިއޭޝަނާއެކު އެއްބަސްވުމެއް ގާއިމުކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ބީއެމްއެލް ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް އަދި ޖޫނިއާ ޗެމްޕިއަންޝިޕް ޓޯނަމެންޓަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދެއެވެ.

ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް ފެށުމުގެ ތެރެއިން... ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ އެކި ކުޅިވަރު ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ އެކި ގައުމީ ކުޅިވަރު ޖަމިއްޔާތަކާއެކު ގާތުން މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް