ހުޅުމާލޭ ގަރާޖުތައް ބަލައި 12 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިމިގްރޭޝަނުން ހުޅުމާލޭގެ ގަރާޖުތަކުގައި ހިންގި އޮޕަރޭޝަނުގައި ބިދޭސީން ތަކެއް އަތުލައިގަތުން.. ފޮޓޯ/ އިމިގްރޭޝަން

ދިވެހިރާއްޖޭގެ އިމިގްރޭޝަނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން އެކުލަވާލާފައިވާ ޓާސްކް ފޯސްއިން، ހުޅުމާލޭގެ ގަރާޖުތައް ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ ތެރެއިން ޖުމްލަ 20 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ސައްހަ ވިސާއެއް ނެތި އަދި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 12 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިފަދައިން އަތުލައިގަނެވުނު ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ. ފާއިތުވި ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި 12،000 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓުކޮށްފައިވާއިރު، މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިފަދަ އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ޓާސްކް ފޯސްއިން ވަނީ ކަނޑައަޅާފައެވެ.

  • ހުޅުމާލޭގެ ގަރާޖުތަކުގައި މަސައްކަތްކުރާ 20 ބިދޭސީއަކު ބަލައި ފާސްކުރުން.
  • ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 12 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުން.
  • އަތުލައިގަނެވުނު ބިދޭސީންނާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފެށުން.
  • މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް ނިންމުން.
  • ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 12،000 އަށްވުރެ ގިނަ ބިދޭސީން ރާއްޖެއިން ޑީޕޯޓުކޮށްފައިވުން.

ހުޅުމާލޭގެ ގަރާޖްތައް ބަލައި ފާސްކުރުމަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން, ގަވައިދާ ޚިލާފަށް އުޅެމުންދިޔަ 12 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހުއެވެ.

މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން އޮޕަރޭޝަނެކެވެ.

އިމިގްރޭޝަނުން ހުޅުމާލޭގެ ގަރާޖުތަކުގައި ހިންގި އޮޕަރޭޝަނުގައި ބިދޭސީން ތަކެއް އަތުލައިގަތުން.. ފޮޓޯ/ އިމިގްރޭޝަން

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގެ ތެރެއިން އެ ގަރާޖުތަކުގައި މަސައްކަތް ކުރަމުންދިޔަ ޖުމްލަ 20 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާކަމަށެވެ.

އަދި މީގެ ތެރެއިން އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފަށް އުޅެމުންދިޔަ 12 ބިދޭސީއަކު ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.

އިމިގްރޭޝަނުން ހުޅުމާލޭގެ ގަރާޖުތަކުގައި ހިންގި އޮޕަރޭޝަނުގައި ބިދޭސީން ތަކެއް އަތުލައިގަތުން.. ފޮޓޯ/ އިމިގްރޭޝަން

އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މި އޮޕަރޭޝަނުގައި ބެލުމުގެ ދަށަށް ގެނެވުނު މީހުންނަކީ ރާއްޖޭގައި އުޅުމުގެ ސައްހަ ވިސާއެއް ނެތް މީހުންނާއި، ކަނޑައެޅިފައިވާ ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުންނެވެ.

މި މީހުންނާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސްއިން ދަނީ މާލެ ސަރަހައްދުގެ އެކި ތަންތަން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ.

މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާނެ ކަމަށް ޓާސްކް ފޯސްއިން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ހުޅުމާލޭގެ ގަރާޖުތަކުގައި ހިންގި އޮޕަރޭޝަނުގައި ބިދޭސީން ތަކެއް އަތުލައިގަތުން.. ފޮޓޯ/ އިމިގްރޭޝަން

ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސްއިން ރާއްޖޭގައި ގަވައިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދާ ހައްޔަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، މި ސަރުކާރުން ވަނީ ދެ އަހަރާއި ބައިގެ މުއްދަތުގައި 12،000 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓުކޮށްފައެވެ.

comment ކޮމެންޓް