އެޑިޓަރުންގެ ވަށްމޭޒު: ސަރުކާރު ކުންފުނިތައް މިހެން ހަމަ ދޫކޮށްލަންވީތަ؟

ރާއްޖޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތައް ހިންގަމުންދަނީ ބޮޑެތި ގެއްލުންތަކަކާއެކުގައެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް 12 ކުންފުންޏަކަށް 281 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސިޔާސީ ބޭނުންތަކަށް މުވައްޒަފުން ނެގުމާއި، ކޮރަޕްޝަން އާންމުވުމުގެ އިތުރުން ހިންގުމުގެ ހަރުދަނާ ނިޒާމެއް ނެތުން ހިމެނެއެވެ. މި މައްސަލަތައް ހައްލުކުރުމަށްޓަކައި ބޯޑުތަކަށް ގާބިލު މީހުން އައްޔަންކުރުމާއި ހިއްސާ ވިއްކުން ފަދަ ހަރުދަނާ ފިޔަވަޅުތައް އެޅުން ވަނީ މުހިންމުވެފައެވެ.

  • ރާއްޖޭގައި ހިންގާ ސަރުކާރު ހިއްސާވާ 30 އަށްވުރެ ގިނަ ކުންފުނިތަކުގެ ތެރެއިން 90 އިންސައްތަ ކުންފުނި އޮތީ ގެއްލުމުގައެވެ.
  • ކުންފުނިތަކުގެ މާލީ ހާލަތު ދަށްވެފައިވަނީ ސިޔާސީ ނުފޫޒާއި ކޮރަޕްޝަންގެ ސަބަބުންނެވެ.
  • ކުންފުނިތައް ހަރުދަނާކުރުމަށްޓަކައި ބޯޑުތަކަށް ގާބިލު ބޭފުޅުން އައްޔަންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
  • މާލީ ގެއްލުން ކުޑަކުރުމަށްޓަކައި ބައެއް ކުންފުނިތަކުގެ ހިއްސާ ވިއްކާލުން ފަދަ ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ވަނީ ލަފާދީފައެވެ.
  • ސަރުކާރު ކުންފުނިތަކުގެ މާލީ ގެއްލުން އިންތިހާއަށް ބޮޑުވުން.
  • ސިޔާސީ ބޭނުމަށް ވަޒީފާ ދިނުން ހުއްޓުވުމުގެ މުހިންމުކަން.
  • ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ގާބިލު މީހުންނާ ހަވާލުކުރުން.
  • ގެއްލުންވާ ކުންފުނިތަކުގެ ހިއްސާ ވިއްކުމަށް ވިސްނުން.

ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަތަކެއް ކޮށްގެން ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފައިދާ ނުވެ، އަބަދު ގެއްލުމުގައި އޮންނަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ މި މުހިންމު ސުވާލަށް ޖަވާބު ހޯދުމަށް, "ސަން"ގެ އެޑިޓޯރިއަލް ޓީމުން ގެނެސްދޭ ވީކްލީ ޝޯ، "އެޑިޓަރުންގެ ވަށްމޭޒު" ގެ ދެވަނަ އެޕިސޯޑުގައި ވަނީ ފުންކޮށް ބަލައިލާފައެވެ.

މިއީ ރާއްޖޭގެ ސިޔާސީ އަދި އިޖުތިމާއީ މައިދާނުގައި ހިނގާ އެންމެ މުހިންމު ކަންކަމަށް ތަފްސީލީ މައުލޫމާތާއި ދިރާސާތަކާ އެކު އާންމުންނާ ހަމައަށް ގެނެސްދޭ ޕްރޮގްރާމެކެވެ.

މި ހަފުތާގެ އެޕިސޯޑް ޚާއްސަކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީތައް) ހިންގުމުގައި ހުރި މައްސަލަތަކުގެ މައްޗަށެވެ. ރާއްޖޭގައި ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނި އޮތްއިރު، އޭގެ ތެރެއިން 90 ޕަސެންޓް ކުންފުނި ހިންގަމުން އަންނަނީ ގެއްލުމުގައި ކަމަށް ޕްރޮގްރާމްގައި ފާހަގަކޮށްފައިވެއެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތަކާ ހަވާލާދީ ޕްރޮގްރާމްގައި ބައިވެރިވި އެޑިޓަރުން ވިދާޅުވި ގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް 12 ކުންފުންޏަކަށް 281 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.

ކުންފުނިތަކުގެ ތެރޭގައި ކުރަން ނުވާނެ އެތައް ކަމެއް ހިނގަމުންދާ ކަމަށާއި، ސިޔާސީ ބޭނުންތަކަށް މުވައްޒަފުން ނެގުމާއި، ހިންގުމުގެ ހަރުދަނާކަމެއް ނެތުމާއި ކޮރަޕްޝަން އިންތިހާއަށް އާއްމުވުން ފަދަ މައްސަލަތައް އެބަހުރި ކަމަށް އެޑިޓަރުން ވިދާޅުވިއެވެ.

މި އެޕިސޯޑުގައި ހަމައެކަނި މައްސަލަތައް ދެއްކުމުގެ ބަދަލުގައި، ކުންފުނިތައް ހިންގުން ހަރުދަނާކޮށް، ފައިދާވާ ތަންތަނަށް ހެދުމަށް އެޅިދާނެ ފިޔަވަޅުތަކާއި ހައްލުތަކާ މެދު ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން، ކުންފުނިތަކުގެ ބޯޑުތަކަށް ގާބިލު މީހުން އައްޔަންކުރުމާއި، ހިއްސާ ވިއްކުންފަދަ މުހިންމު ފިޔަވަޅުތައް އަޅަން ޖެހޭކަން ފާހަގަ ކުރެއްވެވިއެވެ.

comment ކޮމެންޓް