ކަޅުތެޔޮ ވަދެފައި އޮތް ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު ސާފުކުރުމަށްފަހު އަލުން ހުޅުވައިފި

ރަސްފަންނު ސަރަހައްދު: ކަޅުތެޔޮ ވަދެފައިއޮތް ރަސްފަންނުގެ މޫދަށްއެރޭ ސަރަހައްދު ސާފުކުރުމަށްފަހު އަލުން ހުޅުވާލައިފި -- ފޮޓޯ: ހައުސިން މިނިސްޓްރީ

މިދިޔަ އޭޕްރީލް މަހުން ފެށިގެން މަރާމާތުކުރުމަށް ބަންދުކޮށްފައި އޮތުމަށްފަހު، ރަސްފަންނު އަލުން ހުޅުވާލީ މިމަހުގެ ބާރަވަނަ ދުވަހުގައެވެ. ނަމަވެސް، ކަނޑުމަތިން ފަޅުތެރެއަށް ކަޅުތެޔޮ ވަދެ މޫދު ތަޣައްޔަރުވުމުގެ ސަބަބުން، މާލޭ ސިޓީ ކައުންސިލުން ވަނީ ވަގުތީގޮތުން އެ ސަރަހައްދު ބަންދުކޮށްފައެވެ. އެއަށްފަހު، ތަޣައްޔަރުވެފައިވާ ސަރަހައްދު އެއްކޮށް ސާފުކުރުމަށްފަހު މިހާރު ވަނީ އާންމުންނަށް މޫދަށް އެރޭނެހެން އަނެއްކާވެސް ހުޅުވާލާފައެވެ.

  • ރަސްފަންނު މޫދަށް އެރޭ ސަރަހައްދަށް ކަޅުތެޔޮ ވަދެފައިވާތީ ވަގުތީގޮތުން ބަންދުކުރިއެވެ.
  • މާލޭ ސިޓީ ކައުންސިލުން އެ ސަރަހައްދު ސާފުކުރުމަށްފަހު މިހާރު ވަނީ އަލުން ހުޅުވާލާފައެވެ.
  • މީގެ ކުރިން އޭޕްރީލް ނުވަވަނަ ދުވަހުން ފެށިގެން އެމްޓީސީސީން ކުރިއަށްގެންދިޔަ މަރާމާތަކަށްފަހު ރަސްފަންނު ހުޅުވީ ދާދި ފަހުންނެވެ.
  • ކުރިންވެސް ފެން ދައުރުނުވުމާއި ފާހާނާ ހޮޅީގެ މައްސަލަތަކާ ހެދި މި ސަރަހައްދު ގިނަގިނައިން ބަންދުކުރަން ޖެހިފައިވެއެވެ.

ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ފަޅުތެރެއަށް ކަޅުތެޔޮ ވަދެފައި ވާތީ އެ ސަރަހައްދު ސާފުކުރުމަށް ބަންދުކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.

މާލޭގެ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު ހުޅުވީ މިމަހުގެ 12 ވީ ނިމުނު ހުކުރު ދުވަހުގައެވެ.

https://sun.mv/223368

އެއަށްފަހު އެ ސަރަހައްދު ބަންދުކުރީ ރަސްފަންނާ ދިމާ ކަނޑުން ފަޅުތެރެއަށް ތެޔޮ ވަދެ، މޫދު ތަގައްޔަރުވުމާ ގުޅިގެން ރޭގައެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ، މި ސަރަހައްދު ސާފުކޮށް ނިމެންދެން ރަސްފަންނު ސަރަހައްދަށް މޫދަށް ނޭރުމަށް އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ.

އެއަށްފަހު މިރޭ މާލެ ސިޓީ ކައުންސިލުން ވަނީ ރަސްފަންނު މޫދު ސާފުކުރުމަށް ފަހު މިހާރު ހުޅުވާލެވިފައިވާ ކަމަށް ބުނެފައެވެ.

މިދިޔަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ރަސްފަންނު ބަންދުކޮށްގެން ކުރިއަށްގެންދިޔަ މަރާމާތުގެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށްފަހު، ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން އެ ސަރަހައްދު ބޭނުންކުރެވޭނެ ކަމަށް އިއުލާނު ކުރީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އާންމުކުރި އިއުލާނެއްގައިއެވެ. މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ބޮޑު މަޝްރޫއެކެވެ.

ރަސްފަންނަކީ މާލޭގެ ގިނަ ބަޔަކު މޫދަށް އެރުމަށް ބޭނުންކުރާ ސަރަހައްދަކަށް ވީނަމަވެސް، މީގެ ކުރިން ފެން ދައުރުނުވުމާއި ކައިރީގައި ހުންނަ ފާހާނާ ހޮޅިތަކުގެ މައްސަލައާ ހެދި ގިނަ ފަހަރު އެ ސަރަހައްދު ބަންދުކުރަން ޖެހެއެވެ.

comment ކޮމެންޓް