ދ. މީދޫ ކައުންސިލުގެ ރައީސްކަން ލިބި، މުޅި ކައުންސިލު ޕީއެންސީއަށް ލިބިއްޖެ

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓު އެއްވަރުވުމުން، އަލުން ނެގި ވޯޓު، ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް --

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދާލު މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓު ދެ ކެންޑިޑޭޓުންގެ ދެމެދުގައި އެއްވަރުވުމުގެ ސަބަބުން، އަލުން ބޭއްވި އިންތިޚާބު ކުޑަ ފަރަގަކުން ކާމިޔާބުކުރެއްވީ ސުހާ އިބްރާހީމެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު އެއްހާސް ސާޅީސް ނުވަ މީހުންނަށް ލިބިފައިވާއިރު، މި ނަތީޖާއާއެކު މުޅި ކައުންސިލްގެ ކޮންޓްރޯލް ވެރިކަންކުރާ ޕީއެންސީއަށް ވަނީ ކަށަވަރުވެފައެވެ.

  • ފުރަތަމަ ބޭއްވި އިންތިޚާބުގައި އެއް ވޯޓުގެ ތަފާތުން ސުހާ ކުރިހޯއްދެވި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރިއެވެ.
  • ނަމަވެސް، ވޯޓުފޮށީގެ މައްސަލަތަކަކާ ގުޅިގެން ހުށަހެޅުނު ޝަކުވާތައް ބެލުމަށްފަހު، ކޮމިޝަނުން ނަތީޖާ ބަދަލުކޮށް ޝާހިދު މޮޅުވިކަމަށް ކަނޑައެޅިއެވެ.
  • ބާތިލުކުރި ވޯޓެއްގެ މައްސަލައިގައި ސުހާ ހައިކޯޓަށް ވަޑައިގަތުމުން، އެ ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
  • ހައިކޯޓުގެ ނިންމުމާއެކު ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމުން، ނަތީޖާ ކަނޑައެޅުމަށް އަލުން ވޯޓުލާން ޖެހުނީއެވެ.
  • ދާލު މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބުކުރެއްވުން.
  • ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް ކަށަވަރުވުން.
  • އިންތިޚާބީ މައްސަލަތައް ހައްލުކުރުމުގައި ޝަރުއީ މަރުހަލާގެ މުހިންމުކަން ހާމަވެގެން ދިއުން.

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓު އެއްވަރުވުމުން، އަލުން ނެގި ވޯޓު، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް މިއަދު ކާމިޔާބުކުރައްވައިފިއެވެ.

މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ ސުހާގެ އިތުރުން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ.

އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 1،049 މީހުންނަށް ލިބިގެންވެއެވެ. ކަށަވަރުވެފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުހާ ވަނީ ބޮޑު ފަރަގަކުން އިންތިޚާބު ކާމިޔާބު ކޮށްފައެވެ.

ޖުމްލަ ތިން ފޮށި ބެހެއްޓިއިރު، ކޮންމެ ފޮއްޓަކުން ވެސް ކުރި ހޯއްދެވީ ސުހާއެވެ.

ޖުމްލަ ވޯޓުލީ 985 މީހުންނެވެ. ސުހާއަށް ޖުމްލަ 529 ވޯޓު ލިބުނުއިރު ޝާހިދަށް ލިބުނީ 449 ވޯޓެވެ. ޖުމްލަ ވޯޓުގެ ތެރޭ ބާތިލް ހަތް ވޯޓު ހިމެނެއެވެ.

އެހެންކަމުން ސުހާއަށް އިންތިޚާބު ކާމިޔާބުވީ 80 ވޯޓު އިތުރަށް ލިބިގެންނެވެ.

އެހެންކަމުން، ދ. މީދޫގެ ކައުންސިލުގެ ފުރިހަމަ އަޣުލަބިއްޔަތު ލިބިފައިވަނީ ޕީއެންސީއަށެވެ.

މިދިޔަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާގައި، އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އިއުލާނުކުރީ މީދޫ ކައުންސިލްގެ ރައީސްގެ މަގާމު އެއް ވޯޓުގެ ތަފާތުން ކާމިޔާބުކުރީ ސުހާ ކަމަށެވެ. އެއީ، 393 ވޯޓުންނެވެ. އެ ނަތީޖާއިން ދެއްކި ގޮތުން ޝާހިދަށް ލިބުނީ 392 ވޯޓެވެ.

އެކަމަކު، ލ. ފޮނަދޫގައި ބެހެއްޓި ފޮއްޓަކަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލީކަން ފާހަގަވުމުން، އެމްޑީއޭއިން އެ މައްސަލަ އީސީއަށް ހުށަހެޅިއެވެ. އަދި، ޝާހިދަށް ލިބުނު ވޯޓުތަކުގެ ތެރޭގައި ބާތިލު ވޯޓެއް ހިމެނޭ ކަމަށް ބުނެ، ސުހާގެ ފަރާތުން ވެސް މައްސަލަ ޖެއްސިއެވެ.

ޝަކުވާތައް ބެލުމަށް ފަހު، އީސީން ނިންމީ އެއް ވޯޓުގެ ތަފާތުން އިންތިޚާބު ކާމިޔާބުކުރީ އެމްޑީއޭގެ ޝާހިދު ކަމަށެވެ. އެކަމަކު، ސުހާއަށް ލިބުނު ވޯޓެއް ބާތިލުވެފައިވަނީ ކަރުދާހުގައި ފާހަގަ ޖަހާފައިވާ ދެލި ނޫން އެހެން ދެއްޔަކުން އެޅިފައިވާ ރޮނގަކުން ކަމަށް ބުނެ، އޭނާ ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ.

އެ މައްސަލައިގައި ހައިކޯޓުން މިދިޔަ މަހުގެ 14ގައި ވަނީ ސުހާއަށް ލިބުނު ވޯޓުގެ ތެރެއިން އީސީން ބާތިލުކުރި އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅާފައެވެ. އަދި، އެ އިސްލާހުތަކާއެކު އަލުން ނަތީޖާ އިއުލާނުކުރަން ވަނީ ހުކުމްކޮށްފައެވެ.

އެ ހުކުމާއެކު، މީދޫ ކައުންސިލް ރައީސް ކަމަށް ވާދަކުރި ސުހާއާއި ޝާހިދަށް ވެސް ލިބުނީ 392 ވޯޓެވެ. އަދި ނަތީޖާ އެއްވަރުވުމުން އެ ރަށުގެ ކައުންސިލް ރައީސް ހޮވަން އަލުން ވޯޓު ނަގަން ޖެހުނީއެވެ.

comment ކޮމެންޓް