ބީއެމްއެލްގެ ބޭންކް ފަންޑަށް ހުށަހެޅުމުގެ ފަހު ދުވަހަކީ އަންނަ އާދީއްތަ ދުވަސް

ފިނޭގައި ހުޅުވި އޭޓީއެމް: ބީއެމްއެލްގެ ބޭންކް ފަންޑަށް ހުށަހެޅުމުގެ ފަހު ދުވަހަކީ އާދީއްތަ ދުވަސް -- ފޮޓޯ/ ބީއެމްއެލް

ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ދޫކުރާ މި މާލީ އެހީއަކީ މުޖުތަމައަށް ފައިދާހުރި ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމަށް ދެވޭ ގްރާންޓެކެވެ. މިއަހަރުގެ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މެއި 13 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާއިރު، އެޕްލިކޭޝަނާއި ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ އީމެއިލް މެދުވެރިކޮށެވެ.

  • ސުންގަޑި: އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2 ގެ ކުރިން ފޯމު ހުށަހެޅުން.
  • ހުށަހަޅަންޖެހޭ ގޮތް: ފޯމާއި ޕްރޮޕޯސަލް ފޮނުވާނީ ބޭންކުގެ ރަސްމީ އީމެއިލް އަށެވެ.
  • އެހީގެ މިންވަރު: ހޮވޭ 5 ފަރާތަކަށް، ކޮންމެ ފަރާތަކަށް 2 ލައްކަ ރުފިޔާގެ ހިލޭ އެހީ ދެވޭނެއެވެ.
  • ޝަރުތު: މިއީ ތައުލީމު، ތިމާވެށި، ކުޅިވަރު ނުވަތަ މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގާ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް އޮތް ފުރުސަތެކެވެ.

ގައުމީ ބޭންކު ބީއެމްއެލްގެ ބޭންކު ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ބޭންކު ފަންޑަކީ ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބު ޖަމިއްޔާތަކަށް ދެމެހެއްޓެނިވި އެކި މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ ގްރާންޓެކެވެ.

ދެހާސް ސައުވީސް ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެއްފަހަރު މި ގްރާންޓަށް ބީއެމްއެލުން ހުޅުވައިލައެވެ.

މި އަހަރު ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު ދޭއް ޖެހުމާ ހަމައަށެވެ.

ބީއެމްއެލުން ބުނީ، ބޭންކް ފަންޑަށް އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

މި ފަންޑު ކާމިޔާބުކުރާ ފަސް ފަރާތަކަށް ތައުލީމު، ތިމާވެށި، ކުޅިވަރު، އަދި މުޖުތަމައަށް ފައިދާ ހުރި ޕްރޮޖެކްޓްތައް ހިންގުމަށް ދެ ލައްކަ ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

comment ކޮމެންޓް