ފިނޭންސް މިނިސްޓަރަކަށް މީރާ ޓެކްސް ކޮމިޝަނަރުކަމުގައި ހުންނެވި ޒަރީރު

ފިނޭންސް މިނިސްޓްރަކަށް މީރާ ޓެކްސް ކޮމިޝަނަރުކަމުގައި ހުންނެވި ޒަރީރު އައްޔަންކުރެއްވުން --- ފޮޓޯ: ރައީސް އޮފީސް

މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ މަގާމަށް، މީރާގެ ކުރީގެ ޓެކްސް ކޮމިޝަނަރު ޙަސަން ޒަރީރު މިއަދު ވަނީ އައްޔަންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އޭނާއަށް މަގާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ. މިއީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް، އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ. ޙަސަން ޒަރީރަކީ މާލީ ދާއިރާގެ ތަޖުރިބާކާރަކަށް ވުމާއެކު، މިއީ ދައުލަތުގެ މާލީ އިދާރާތައް ހިންގުމަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމެއްކަމަށް ސަރުކާރުން ދެކެއެވެ.

  • ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރުގެ މަގާމަށް ޙަސަން ޒަރީރު އައްޔަންކުރެއްވުން.
  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމް.
  • މި ބަދަލަކީ ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް.
  • ޙަސަން ޒަރީރަކީ މީރާގެ ޓެކްސް ކޮމިޝަނަރުކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މާލީ ދާއިރާގެ ޤާބިލު ބޭފުޅެއް.

މިނިސްޓަ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ މަގާމަށް، މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޙަސަން ޒަރީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، އައު ވަޒީރަށް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ޒަރީރަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ. ހުވައި ކުރެއްވުމަށްފަހު، ޒަރީރު ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގްރާރުގައި ސޮއިކުރައްވާފައެވެ.

ޒަރީރަކީ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. ޚާއްސަކޮށް މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

ފިނޭންސް މިނިސްޓަރުގެ މަގާމަށް އައު ބޭފުޅަކު މި އައްޔަންކުރެއްވީ، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންކަމަށް ސަރުކާރުން ބުނެއެވެ.

https://sun.mv/223024

މި ބަދަލާއެކު ދައުލަތުގެ މާލީ އިދާރާ ހިންގުމަށް އިތުރު ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ޒަރީރު މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމުންނެވެ،

މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވީއިރު ޒަމީރު އައްޔަންކުރީ ފޮރިން މިނިސްޓަރުގެ މަގާމަށެވެ. އެކަމަކު، އޭރު ފިނޭންސް މިނިސްޓަރުކަމުގެ ހުންނެވި ޑރ. މުހައްމަދު ޝަފީގު އިސްތިއުފާދެއްވުމުން ދެން އެ މަގާމަށް އައްޔަންކުރެއްވީ ޒަމީރެވެ. އޭނާއަކީ މި ސަރުކާރުގައި އެންމެ ހިންގުންތެރި އެއް ބޭފުޅާއެވެ.

އޭގެ ފަހުން ޒަމީރަށް ގިނަ ބާރުތަކެއް ވެސް ސަރުކާރުން ދީފައިވެއެވެ. އެ ގޮތުން، މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކުގެ ތެރެއިން ޕްލޭނިންއާއި ލޯކަލް ގަވާމަންޓް މިނިސްޓްރީގެ ގިނަ މަސައްކަތްތައް ވެސް ބަދަލުކުރީ ފިނޭންސް މިނިސްޓްރީގެ ދަށަށެވެ. އިސްތިއުފާދެއްވިއިރު، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްކަމުގައި ވެސް ހުންނެވީ ޒަމީރެވެ.

ޒަމީރަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ސިޔާސީ ގޮތުން ތަޖުރިބާކާރު ޒަމީރަކީ ވަރަށް ސީނިއާ ޕޮލިޓީޝަނެކެވެ.

comment ކޮމެންޓް