ވޯލްޑް ކަޕް 2026: ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން ނެދަލެންޑްސްގެ ސްކޮޑް އިއުލާނުކޮށްފި

ނެތަލެންޑްސްގެ ކެޕްޓަން ވާގިލް ވެންޑައިކް އާއި އިތުރު ބައެއް ކުޅުންތެރިން.. ފޮޓޯ/ ފޮކްސް ސްޕޯޓްސް

މިއަހަރުގެ ވޯލްޑް ކަޕަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން އެކުލަވާލި ސްކޮޑުގައި ގިނަ އަދަދެއްގެ ތަޖުރިބާކާރު ކުޅުންތެރިން ވަނީ ހިމަނާފައެވެ. ޓީމުގެ އެންމެ ކުރީގައި ހަރަކާތްތެރިވާނީ ކެޕްޓަން ވާޖިލް ވެން ޑައިކްއެވެ. މި ސްކޮޑުގައި އިނގިރޭސި ޕްރެމިއާ ލީގަށް ކުޅޭ 15 ކުޅުންތެރިން ހިމެނޭއިރު، ފްރެންކީ ޑި ޔޮންގް އަދި މެމްފިސް ޑިޕާއި ފަދަ މުހިންމު ކުޅުންތެރިންނަށް ވަނީ ފުރުޞަތު ދީފައެވެ. މީގެ އިތުރުން، އަނިޔާގެ ސަބަބުން ޖެރެމީ ފްރިމްޕޮންގްއަށް ފުރުޞަތު ގެއްލިފައިވާއިރު، އޭގެ ބަދަލުގައި ޖަސްޓިން ކްލައިވަޓް ވަނީ ޓީމުގައި ހިމަނާފައެވެ.

  • ނެދަލެންޑްސް ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ ވާޖިލް ވެން ޑައިކްއެވެ.
  • އިނގިރޭސި ޕްރެމިއާ ލީގަށް ނިސްބަތްވާ 15 ކުޅުންތެރިން މި ސްކޮޑުގައި ހިމެނެއެވެ.
  • ފްރެންކީ ޑި ޔޮންގް އަދި މެމްފިސް ޑިޕާއި ފަދަ ކުޅުންތެރިން ޓީމުގައި ހިމެނެއެވެ.
  • އަނިޔާގެ ސަބަބުން ޖެރެމީ ފްރިމްޕޮންގް އުނިކޮށް، ޖަސްޓިން ކްލައިވަޓް ވަނީ ހިމަނާފައެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް ނެދަލެންޑްސްއިން އެކުލަވާލި ސްކޮޑުގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމަނައިފިއެވެ.

ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން އިޢުލާންކުރި މި ސްކޮޑުގެ އެންމެ ކުރީގައި އުޅެނީ ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް އެވެ.

މި ސްކޮޑުގައި ބާސެލޯނާގެ ފްރެންކީ ޑި ޔޮންގް އާއި، މިހާރު ބްރެޒިލްގެ ކޮރިންތިއަންސްއަށް ކުޅެމުން އަންނަ މެމްފިސް ޑިޕާއި ވެސް ވަނީ ހިމަނާފައެވެ.

މިފަހަރުގެ ސްކޮޑުގައި އިނގިރޭސި ޕްރެމިއާ ލީގަށް ނިސްބަތްވާ ޖުމްލަ 15 ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ޓޮޓެންހަމްގެ މިކީ ފެން ޑި ވެން އާއި، ލިވަޕޫލްގެ ރަޔަން ގްރާވެންބާކް އަދި ކޯޑީ ގަކްޕޯގެ އިތުރުން ސަންޑަލޭންޑްގެ ބްރަޔަން ބްރޮބީ ހިމެނެއެވެ.

ސްކޮޑުން ޖާގަ ލިބުނު ފާހަގަކޮށްލެވޭ އެހެން ކުޅުންތެރިންގެ ތެރޭގައި އާސެނަލްއާއެކު ޕްރެމިއާ ލީގު ކާމިޔާބުކުރި ޔޫރިއަން ޓިމްބާ އާއި، މެންޗެސްޓަރ ސިޓީގެ ދެ ކުޅުންތެރިން ކަމަށްވާ ނޭތަން އަކޭ އަދި ޓިޖާނީ ރެއިންޑާސް ހިމެނެއެވެ. ނަމަވެސް، އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހޭދަކުރި ޖެރެމީ ފްރިމްޕޮންގްއަށް ސްކޮޑުން ޖާގައެއް ނުލިބެއެވެ. އޭގެ ބަދަލުގައި، ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކުން ދާދި ފަހުން ރަނގަޅުވި ޖަސްޓިން ކްލައިވަޓް ވަނީ ސްކޮޑުގައި ހިމަނާފައެވެ.

ނެދަލެންޑްސްގެ ވޯލްޑް ކަޕް ސްކޮޑު:

ގޯލްކީޕަރުން: މާކް ފްލެކެން، ރޮބިން ރޫފްސް، ބާޓް ފާބްރުގަން

ޑިފެންޑަރުން: ނޭތަން އަކޭ، ޑެންޒެލް ޑަމްފްރީސް، ޖޮރެލް ހާޓޯ، ޔޫރިއަން ޓިމްބާ، މިކީ ފެން ޑި ވެން، ވާޖިލް ފެން ޑައިކް، ޔެން ޕޯލް ފެން ހެކޭ، މެޓްސް ވީފާ

މިޑްފީލްޑަރުން: ފްރެންކީ ޑި ޔޮންގް، މާޓެން ޑި ރޫން، ރަޔަން ގްރާވެންބާކް، ޖަސްޓިން ކްލައިވަޓް، ޓިއުން ކޫޕްމައިނާސް، ޓިޖާނީ ރެއިންޑާސް، ގޫސް ޓިލް، ކުއިންޓަން ޓިމްބާ

ފޯވާޑުން: ބްރަޔަން ބްރޮބީ، މެމްފިސް ޑިޕާއި، ކޯޑީ ގަކްޕޯ، ނޯއާ ލަންގް، ޑޮންޔެލް މާލެން، ކްރިސެންސިއޯ ސަމަވިލް، ވައުޓް ވެގްހޯސްޓް

comment ކޮމެންޓް