މޯނީ އާއި ސޫރަޖް، ވަކިވުމާ ގުޅޭގޮތުން ދޮގު ވާހަކަތައް ނުދެއްކުމަށް އެދެފި

އިންޑިއާގެ ބަތަލާ މޯނީ ރޯއި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މަޝްހޫރު ބަތަލާ މޯނީ ރޯއީ އާއި ވިޔަފާރިވެރިޔާ ސޫރަޖް ނަމްބިއާގެ ކައިވެންޏަށް ހަތަރު އަހަރު ފަހުން ދެމީހުން ވަކިވެއްޖެކަން އިއުލާނުކުރުމާ ގުޅިގެން މީޑިއާތަކުން ފަތުރަމުންދާ ދޮގު ޚަބަރުތަކަށް ސޫރަޖް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ސޫރަޖް ހާމަކުރިގޮތުގައި މި ވަކިވުމަކީ ދެމީހުންގެ މެދުގައި އެއްބަސްވެވިގެން ނިންމި ސުލްހަވެރި ނިންމުމެކެވެ. މިކަމުގައި އެއްވެސް މައްސަލައެއް، ތިންވަނަ ފަރާތެއްގެ ނުފޫޒެއް އަދި އެލިމަނީ ދިނުމެއް ނުހިމެނޭކަން އޭނާ ކަށަވަރުކޮށްދިނެވެ. އަދި ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށާއި، ކަމާ ނުގުޅޭ މައުސޫމް ރަހުމަތްތެރިން މިކަމުގެ ތެރެއަށް ނުވެއްދުމަށް އާންމުންނަށާއި މީޑިއާތަކަށް އޭނާ ގޮވާލާފައިވެއެވެ.

  • މޯނީ އާއި ސޫރަޖް ވަކިވިކަން ރަސްމީކޮށް އިއުލާންކުރީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
  • މީޑިއާތަކުން ފަތުރަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްކަމަށް ސޫރަޖް ބުންޏެވެ.
  • ވަރީގެ މައްސަލައިގައި އެލިމަނީއެއް ދޭން ނުޖެހޭނެކަން ސޫރަޖް ވަނީ ފާހަގަކޮށްފައެވެ.
  • ދެމީހުން ވަކިވީ އެކަކު އަނެކަކަށް އިހުތިރާމްކުރުމާއެކު ދެމީހުންގެ ރުހުމުގައެވެ.
  • މައްސަލައިގެ ތެރެއަށް ތިންވަނަ މީހަކު ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައިވެއެވެ.
  • މޯނީ އާއި ސޫރަޖްގެ ވަކިވުމަކީ ސުލްހަވެރިކަމާއެކު ދެމީހުން އެއްބަސްވެގެން ނިންމި ނިންމުމެކެވެ.
  • މީޑިއާގެ ދޮގު ޚަބަރުތައް ސޫރަޖް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
  • ދެމަފިރިންގެ ދެމެދުގައި އެއްވެސް މާލީ ނުވަތަ އެހެނިހެން ޚިލާފެއް ނެތެވެ.

ކައިވެންޏަށް ހަތަރު އަހަރު ފަހުން، މަޝްހޫރު ބަތަލާ މޯނީ ރޯއީ އާއި ވިޔަފާވެރިޔާ ސޫރަޖް ނަމްބިއާ ވަކިވެފައިވާކަން ދާދިފަހުން އިއުލާނުކުރި ނަމަވެސް، ދެ މީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި އެ މީހުންގެ ދިރިއުޅުމާ ބެހޭގޮތުން މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަށް ސޫރަޖް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

"އަހަރެމެން ވަކިވި ކަމަށް ބުނެ ފަހަކަށް އައިސް ފަތުރަމުންދާ އަސާސެއް ނެތް ރިޕޯޓްތަކަކީ ވަރަށް ދަށު ދަރަޖައިގެ އަދި ހަގީގަތާ ޚިލާފު ވާހަކަތަކެއް. މިކަމުގެ ހަގީގަތް އެންމެ ފަހު ފަހަރަށް ސާފުކޮށްދޭން ބޭނުން. އެލިމަނީއެއް (ވަރީގެ ޚަރަދު) ދޭކަށް ނުޖެހޭ. އަދި ދެ މީހުންގެ މެދުގައި އެއްވެސް މައްސަލައެއްވެސް ނެތް. މީގެ ތެރޭގައި ތިންވަނަ މީހެއްގެ އެއްވެސް އަތެއް ނުވޭ" ސޫރަޖްގެ އިންސްޓަގްރާމް ސްޓޯރީގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވެއެވެ.

މި އަޑުތަކަށް އިތުރަށް ރައްދު ދެމުން ސޫރަޖް ބުނީ، މޯނީ އާއި އޭނާ ވަކިވާން ނިންމީ ދެމީހުން އެއްބަސްވެގެން ކަމަށާއި އެ ނިންމުމަށް ދެ މީހުންވެސް އިހުތިރާމްކުރާ ކަމަށެވެ.

މިއީ، އެކަނިވެރިކަމަށް އެދިގެން ތިބި ދެ މީހަކު ގޯސްކޮށް ދެއްކުމަށް ގަސްތުގައި ބަޔަކު މީހުން ކުރަމުންދާ ކަމެއް ކަމަށާއި މީޑިއާ އަދި ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ސޫރަޖް ވަނީ ބުނެފައެވެ.

މޯނީ ކުރީގެ ފިރިމީހާ ސޫރަޖްއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މޯނީ އާއި ސޫރަޖްގެ ވަރީގެ ތެރެއަށް ތިން ވަނަ މީހަކު ދެމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ހާއްސަކޮށް އެކަމާ އެއްވެސް ގުޅުމެއް ނެތް މައުސޫމް ރަހުމަތްތެރިން އޭގެ ތެރެއަށް ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސޫރަޖް ވަނީ ބުނެފައެވެ.

މީގެ އިތުރުން ސޫރަޖް ބުނީ، މީޑިއާތަކުން އެއްވެސް ކަމެއް ކަށަވަރު ކުރުމެއް ނެތް ގޮތުގައި ދޮގު ވާހަކަތަކެއް އުފައްދާފައިވާ ކަމަށެވެ. އަދި މިއީ ބޭއިންސާފެއް ކަމަށް ފާހަގަކޮށް، އޭނާ ބަސް ބުނަން ނިންމީ ގަސްތުގައި ފަތުރަމުންދާ ދޮގު މައުލޫމާތާ ދެކޮޅަށް ކަމަށްވެސް ބުންޏެވެ.

މޯނީ އާއި ސޫރަޖް ވަކިވިކަން ރަސްމީކޮށް އިއުލާންކުރީ މި މަހުގެ 14 ވަނަ ދުވަހު ދެ މީހުން ގުޅިގެން ނެރުނު ބަޔާނެއްގައެވެ. މި ދެމީހުންގެ މެދުގައި މައްސަލަތަކެއް އުޅޭކަމުގެ ޝައްކުތައް ބޮޑުވީ، ދެމީހުން އިންސްޓަގްރާމުން އެކަކު އަނެކަކަށް ފޮލޯކުރުން ހުއްޓާލުމާ ގުޅިގެންނެވެ.

މޯނީ އާއި ސޫރަޖް ފުރަތަމަ ބައްދަލުވީ 2019 ވަނަ އަހަރު ދުބާއީންނެވެ. އެމީހުން ކައިވެނީގެ ގޮތުން ގުޅުނީ 27 ޖެނުއަރީ 2022 ގައި ގޯއާގެ ޕަނާޖީގައެވެ. ބެންގަލޫރަށް ނިސްބަތްވާ ސޫރަޖް ނަމްބިއާ އަކީ މިހާރު ދުބާއީގައި ދިރިއުޅެމުންދާ ކާމިޔާބު ވިޔަފާވެރިއެއްގެ އިތުރުން އިންވެސްޓްމަންޓް ބޭންކަރެކެވެ.

comment ކޮމެންޓް