ޖޭއެސްސީގެ ނައިބު ރައީސް ޔަޒްމީދު އިސްތިއުފާދެއްވައިފި

ޔަޒްމީދު މުޙައްމަދު -- ފޮޓޯ/ ރައީސް އޮފީސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު ވަނީ އެ މަގާމުން އިސްތިއުފާދެއްވާފައެވެ. އޭނާއަކީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ކޮމިޝަނަށް އައްޔަނުކުރައްވާފައިވާ މެންބަރެވެ. މީގެ ކުރިން ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އިސްތިއުފާދެއްވުމާ ގުޅިގެން، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު އެ މަގާމަށް އޭނާ އިންތިޚާބުކުރެވުނެވެ. މީގެ އިތުރުން ޔަޒްމީދު ވަނީ ފަހުން ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވިލިނގިލީ ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފައެވެ. އެ އިންތިޚާބު ކާމިޔާބުކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި އާޒިމް އަބްދުލްއަޒީޒެވެ. ނަމަވެސް އޭނާ ވެސް ފަހުން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

  • ޖޭއެސްސީގެ ނައިބު ރައީސް ޔަޒްމީދު މުހައްމަދު މަގާމުން އިސްތިއުފާދެއްވުން.
  • ޔަޒްމީދަކީ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ ތަމްސީލުކުރައްވާ މެންބަރުކަން.
  • އެ މަގާމަށް އޭނާ އިންތިޚާބުކުރެވުނީ 23 އޮކްޓޫބަރު 2025 ގައިކަން.
  • 20 ވަނަ މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވިލިނގިލީ ދާއިރާއަށް ވާދަކުރެއްވިކަން.
  • މިހާރު ޖޭއެސްސީގައި ތިއްބެވީ ކޮމިޝަންގެ ރައީސް ހުސްނީ މުބާރިކާއެކު ޖުމްލަ 9 މެންބަރުންކަން.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް ޔަޒްމީދު މުހައްމަދު އިސްތިއުފާދީފިއެވެ.

ޔަޒްމީދަކީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ކޮމިޝަންގައި އިންނަވާ މެންބަރެވެ.

ޔަޒްމީދު، އެ މަގާމަށް އިންތިޚާބުކުރީ އޮކްޓޫބަރު 23، 2025 ގައެވެ.

https://sun.mv/213035

ޔަޒްމީދު ވަނީ 20 ވަނަ މަޖިލިސް އިންތިޚާބުގައި، ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވިލިނގިލީ ދާއިރާއަށް ވާދަކުރައްވައިފައެވެ. އެ އިންތިޚާބު ކާމިޔާބުކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި އާޒިމް އަބްދުލްއަޒީޒެވެ. ނަމަވެސް، ފަހުން އޭނާ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

އޭރު ޖޭއެސްސީގެ ނައިބަކަށް އޭނާ އައްޔަނުކުރެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އެ މަގާމުން އިސްތިއުފާދިނުމުންނެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވާ މެންބަރުންނަކީ:

  • ކޮމިޝަންގެ ރައީސް: ހުސްނީ މުބާރިކު - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު
  • ކޮމިޝަންގެ މެންބަރު: އަބްދުއްރަހީމް އަބްދުﷲ - ރައްޔިތުންގެ މަޖިލީހުގެ ރައީސް
  • ކޮމިޝަންގެ މެންބަރު: އަހުމަދު އުޝާމް - ބަންޑާރަނައިބު
  • ކޮމިޝަންގެ މެންބަރު: ޙުސައިން ޝަހީދު - އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
  • ކޮމިޝަންގެ މެންބަރު: ޙަސަން ޝަފީޢު - ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
  • ކޮމިޝަންގެ މެންބަރު: ފަރުހާދު ރަޝީދު - ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
  • ކޮމިޝަންގެ މެންބަރު: އިދްރީސް ފައުޒީ - އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު
  • ކޮމިޝަންގެ މެންބަރު: މުޙައްމަދު މުޖްތާޒް - ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް
  • ކޮމިޝަންގެ މެންބަރު: ޢަލީ ޢަބްދުއްލަޠީފް - ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ މެންބަރު
ގުޅޭ ޓެގު
comment ކޮމެންޓް