މަހިބަދޫ ކައުންސިލްގެ ނައިބު ރައީސް ހޮވަން ހަ ފަހަރު ވޯޓުލައިފި، އަދިވެސް ކާމިޔާބު ނުވޭ!

އދ. މަހިބަދޫ ކައުންސިލް އިދާރާ.. ފޮޓޯ/ މަހިބަދޫ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖް

މަހިބަދޫ ކައުންސިލްގެ އާ ދައުރަށް ނައިބު ރައީސަކު އިންތިހާބު ކުރުމަށްޓަކައި ބޭއްވި ޖަލްސާތަކުގައި ހަ ފަހަރެއްގެ މަތިން ވޯޓު ނަގައިފިއެވެ. ނަމަވެސް، ކޮންމެ ފަހަރަކު ވެސް ވޯޓުގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން، ކައުންސިލްގެ އިދާރީ އަދި ގާނޫނީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ. ގާނޫނީ ގޮތުން ކައުންސިލަރުން ހުވާކުރުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ނައިބު ރައީސަކު ހޮވަން ލާޒިމުކުރެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކަށް މެޖޯރިޓީ ލިބިފައެއް ނުވެއެވެ. މި މުހިންމު މަގާމަށް ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޒައީމާ މުހައްމަދާއި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މައުމޫނެވެ. ވޯޓުލުމުގެ ހުރިހާ ބުރެއްގައި ވެސް މި ދެ ބޭފުޅުންނަށް ދެ ވޯޓު ލިބިވަޑައިގެންފައިވާއިރު، ކޮންމެ ފަހަރަކު ވެސް އެއް ވޯޓު ބާތިލުވެއެވެ. ކައުންސިލް މެމްބަރު ބުންޔާމީން ހަސަން ފާހަގަކުރެއްވި ގޮތުގައި، މައްސަލަ ހައްލުކުރުމަށްޓަކައި އިތުރު ވޯޓެއް ނެގުމަށް ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ.

  • ނައިބު ރައީސަކު ހޮވުމަށް ހަ ފަހަރެއްގެ މަތިން ވޯޓުލައި، ނަތީޖާ ވަނީ އެއްވަރުވެފައެވެ.
  • ނަތީޖާ އެއްވަރުވުމުގެ ސަބަބުން ކައުންސިލްގެ ރަސްމީ މަސައްކަތްތައް ވަނީ ހުއްޓިފައެވެ.
  • އެމްޑީޕީ އަދި ޕީއެންސީގެ ކެންޑިޑޭޓަށް ކޮންމެ ފަހަރަކު ވެސް ލިބިފައިވަނީ ދެ ވޯޓެވެ.
  • ވޯޓުލުމުގެ ކޮންމެ ބުރެއްގައި އެއް ވޯޓު ބާތިލުވުމަކީ މެޖޯރިޓީ ނުލިބުމުގެ މައިގަނޑު ސަބަބެވެ.
  • މައްސަލަ ހައްލުކުރުމަށްޓަކައި އިތުރު ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އދ. މަހިބަދޫ ކައުންސިލްގެ އާ ދައުރަށް ނައިބު ރައީސަކު އިންތިހާބު ކުރުމަށްޓަކައި ހަ ފަހަރު މަތިން ވޯޓުލައިގެން ވެސް ނަތީޖާ އެއްވަރުވުމުގެ ސަބަބުން، ކައުންސިލްގެ ރަސްމީ މަސައްކަތްތައް ކުރިއަށް ނުގެންދެވި ހުއްޓިއްޖެއެވެ.

ކައުންސިލްތަކުގެ އާ ދައުރަށް އިންތިހާބުވި ކައުންސިލަރުން އިއްޔެ ހުވާކޮށްފައިވާއިރު، ގާނޫނީ ގޮތުން ފުރަތަމަ ޖަލްސާގައި ނައިބު ރައީސަކު ހޮވަން ޖެހެއެވެ.

މަހިބަދޫ ކައުންސިލް މެމްބަރު ބުންޔާމީން ހަސަން "ސަން" އަށް ވިދާޅުވި ގޮތުގައި، ނައިބު ރައީސަކު ހޮވުމަށް މިހާތަނަށް ހަ ފަހަރު ވޯޓު ނެގިފައިވެއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ނަތީޖާ ނުކުންނަނީ އެއްވަރުވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވޯޓުލުމުގެ މަރުހަލާގައި އެއްވެސް ފަރާތަކަށް މެޖޯރިޓީ ނުލިބުމުގެ ސަބަބުން ނައިބު ރައީސަކު ހޮވޭގޮތް ވަނީ ނުވެފައެވެ. އަދި ތަކުރާރުކޮށް ވޯޓުލާއިރު ވެސް ދެ ފަރާތަށް އެއްވަރަކަށް ވޯޓު ލިބި، ވޯޓު ބާޠިލުވަމުންދާކަން ފާހަގަކޮށްފައިވެއެވެ.

"މިހާރު މިވާގޮތަކީ އެމްޑީޕީ ދެބޭފުޅުންނާއި ޕީއެންސީ ދެބޭފުޅުންނާއި މި އޮންނަނީ ކުރިމަތިލާފަ. އެހެންވީމަ މި ކައުންސިލުން ނައިބު ރައީސްއަށް ހޮވަން ހުޅުވާލި ފުރުޞަތުގައި އަޅުގަނޑު ވެސް ކުރިމަތިލީ އެމްޑީޕީއިންވެސް އަދި ޕީއެންސީން ވެސް ކުރިމަތިލީ. ދެން ފުރަތަމަ ބުރުގަ އަޅުގަނޑަށް ލިބުނީ އެއް ވޯޓު ދެން ތިބި ދެ މީހުންކުރެ ކޮންމެ މީހަކަށް ދެ ވޯޓު. އެހެންވީމަ ނުހޮވޭނެ ނޫންތޯ. މެޖޯރިޓީ ނުލިބެންޏާ ދެއްތޯ،" މަހިބަދޫ ކައުންސިލްގެ މެމްބަރު ބުންޔާމީން ހަސަން "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މީގެ އިތުރުން ބުންޔާމީން ވިދާޅުވީ މިއަދު މެންދުރު 1:00 ގައި ވެސް ނައިބު ރައީސަކު ހޮވުމަށް ވޯޓުލުމައް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މި މަގާމަށް ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން ޒައީމާ މުހައްމަދު އާއި ޕީއެންސީގެ ފަރާތުން މުހައްމަދު މައުމޫނެވެ. ފުރަތަމަ ނެގި ވޯޓުގައި ޒައީމާއަށް ދެ ވޯޓު ލިބިވަޑައިގެންނެވިއިރު، މައުމޫނަށް ވެސް ލިބިވަޑައިގަތީ ދެ ވޯޓެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލެއްވި ބުންޔާމީން ހަސަނަށް ލިބިވަޑައިގަތީ އެއް ވޯޓެވެ.

އޭގެ ފަހުން ކުރިއަށް ގެންދިޔަ ފަސް ވޯޓުގައި ވެސް ޒައީމާ އާއި މައުމޫނަށް ލިބިވަޑައިގަތީ ކޮންމެ ބޭފުޅަކަށް ދެ ވޯޓެވެ. ނަތީޖާ އެއްވަރުވެ، ވަކި ކޮޅަކަށް ނުނިމި ދަނީ ބާތިލުވާ އެއް ވޯޓުގެ ސަބަބުންނެވެ. މިގޮތަށް ނަތީޖާ އެއްވަރުވަމުން ދާތީ، ކައުންސިލްގެ ގާނޫނީ ޒިންމާތައް އަދާކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

comment ކޮމެންޓް