ޔޫސުފް ވަޙީދު އެޗްޑީސީގެ ބޯޑުން ވަކިކޮށްފި

ޔޫސުފް ވަޙީދު: އޭނާ މިއަދު ވަނީ އެޗްޑީސީގެ ބޯޑު މެންބަރުކަމުން ވަކިކޮށްފައި --- ފޮޓޯ: ޕީސީބީ

ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުން ނިންމައިގެން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ޔޫސުފް ވަޙީދު ވަނީ މިއަދު ވަކިކޮށްފައެވެ. އޭނާއަކީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެޗްޑީސީގެ ބޯޑަށް އައްޔަންކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން، އޭނާ އަކީ މާލީ އަދި އޮޑިޓްކުރުމުގެ ދާއިރާގައި 15 އަހަރުގެ ދިގު ތަޖުރިބާ ހޯއްދަވައިފައިވާ، އަދި އެސްޑީއެފްސީގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ތަޖުރިބާކާރު ބޭފުޅެކެވެ.

  • ޔޫސުފް ވަޙީދު އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކުރީ ޕީސީބީގެ ނިންމުމެއްގެ ދަށުންނެވެ.
  • އޭނާ އެޗްޑީސީގެ ބޯޑަށް އައްޔަންކުރީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ.
  • މިހާރުވެސް އޭނާ ގެންދަވަނީ އެސްޑީއެފްސީގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމު ފުރުއްވަމުންނެވެ.
  • އޭނާއަކީ މާލީ، އެކައުންޓިން އަދި އޮޑިޓް ދާއިރާގައި 15 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.
  • އޮސްޓްރޭލިއާއިން މަތީ ތައުލީމު ހާސިލްކުރައްވައިފައިވާ އޭނާއަކީ ޗާޓާޑް މެނޭޖްމަންޓް އެކައުންޓަންޓެކެވެ.

ހުޅުމާލޭގެ ބެލެނިވެރި ކުންފުނިކަމަށްވާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުން ޔޫސުފް ވަޙީދު ވަކިކޮށްފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ، ވަޙީދު، އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކުރީ މިއަދު ކަމަށެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ވަޙީދު އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހެވެ.

ވަޙީދަކީ ޗާޓާޑް މެނޭޖްމަންޓް އެކައުންޓަންޓެއްގެ އިތުރުން ޗާޓާޑް ގްލޯބަލް މެނޭޖްމަންޓް އެކައުންޓަންޓެކެވެ.

އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން ޕްރޮފެޝަނަލް އެކައުންޓިންގެ ދާއިރާއިން މާސްޓާސް، އަދި ފައިނޭންސްއިން ޑިގްރީއެއް ހާސިލްކުރައްވައިފައިވާ ވަޙީދަކީ ޗާޓާޑް އެކައުންޓަންޓްސް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ވެސް މެންބަރެކެވެ.

ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ބެޗެލާސް ވެސް ހާސިލްކުރެއްވި ވަޙީދު ޚާއްސަވަނީ މާލީ ދާއިރާއަށެވެ. އޭނާއަކީ މާލީ، އެކައުންޓިން އަދި އޮޑިޓްކުރުމުގެ ދާއިރާގައި 15 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް