އިންޑިއާއިން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު އިތުރުކޮށްފި

އެމްއައި ކޮލެޖް ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި: އިންޑިއާއިން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު އިތުރުކޮށްފި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސްގެ ފަރާތުން ދިވެހި ދަރިވަރުންނަށް ދޭ، ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ސްކޮލަރޝިޕްތަކަށް އެޕްލައިކުރުމުގެ މުއްދަތު އިންޑިއަން ހައިކޮމިޝަނުން އަނެއްކާވެސް އިތުރުކޮށްފިއެވެ. މި ފުރުޞަތުގައި ޖުމްލަ 32 ޖާގަ ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ޑިގްރީ ކޯސްތަކަށާއި، އާޓްސް އަދި ކަލްޗަރގެ އިތުރުން ޔޯގާ އަދި ފިޓްނަސް ދާއިރާއަށް ޚާއްޞަ ޖާގަތައް ހިމެނެއެވެ.

  • އެޕްލައިކުރުމުގެ މުއްދަތު އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް އިތުރުކުރުން
  • ޖުމްލަ 32 ދަރިވަރަކަށް މި ސްކޮލަރޝިޕް ލިބުން
  • ޑިގްރީއަށް 20، އާޓްސްއަށް 10 އަދި ޔޯގާއަށް 2 ޖާގަ ކަނޑައެޅުން
  • ކިޔެވުމުގެ ހުރިހާ ޚަރަދެއް އިންޑިއާއިން ހަމަޖެއްސުން

އިންޑިއާއިން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ، އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް)ގެ ސްކޮލާޝިޕްތަކަކަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު މިއަދު އިތުރުކޮށްފިއެވެ.

އިންޑިއަން ހައިކޮމިޝަނުން މި ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވައިލީ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށެވެ. އެފަހުން މިއަދު އަނެއްކާވެސް މިވަނީ މުއްދަތު އިތުރުކޮށްފައެވެ.

ހައި ކޮމިޝަނުން ކުރި ޕޯސްޓުގައި ވަނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްފައެވެ.

އެ ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ޖުމްލަ 32 ޖާގަ ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި:

  • އަންޑަގްރެޖުއޭޓް ނުވަތަ ޑިގްރީ ފެންވަރުގެ ކޯސްތަކަށް: 20 ޖާގަ
  • އާޓްސް އަދި ކަލްޗާއިން: 10 ޖާގަ
  • ޔޯގާ އަދި ފިޓްނަސްއިން: 2 ޖާގަ

އެ ސްކޮލާޝިޕްތަކަށް އައިސީސީއާރުގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހައިކޮމިޝަނުން ވަނީ އެދިފައެވެ.

comment ކޮމެންޓް