އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން ފޭރުމުގެ ތުހުމަތުވި މީހާ އަނެއްކާ ވެސް ހައްޔަރުކޮށްފި

ގ. ބެރުގޭ، މުހައްމަދު ނަވީން

އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޭރުނު މައްސަލައެއްގައި ކުރިން ހައްޔަރުކުރި ގ. ބެރުގޭ، މުހައްމަދު ނަވީން، އަނެއްކާވެސް ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. ނަވީންއަކީ ވައްކަމާއި ފޭރުމުގެ ގިނަ ރެކޯޑުތަކެއް އޮންނަ ފަރާތެކެވެ. އޭނާ ވަނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބިދޭސީއެއްގެ އަތުން ފައިސާއާއި ފޯނު ފޭރިފައެވެ. އަދި ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނެގުމާއި ސައިކަލެއް ވަގަށް ނެގުން ފަދަ އެހެނިހެން ކުށުގެ ރެކޯޑުތައްވެސް އޭނާގެ އޮވެއެވެ.

  • މުހައްމަދު ނަވީން އަނެއްކާވެސް ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކުރުން
  • ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް އިތުރުކުރުން
  • 2024 ވަނަ އަހަރު އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން ބިދޭސީއެއްގެ އަތުން ފޭރުނުކަމުގެ ރެކޯޑު އޮތުން
  • ވައްކަމާއި ފޭރުމުގެ ގިނަ ކުށުގެ ރެކޯޑުތަކެއް އޭނާގެ ނަންމަތީގައި އޮތުން

އިމިގްރޭޝަން އޮފިސަރެއްގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޭރުނު މައްސަލައަކާ ގުޅިގެން ކުރިން ހައްޔަރުކޮށްފައިވާ މީހާ، ފޭރުމުގެ މައްސަލައެއްގައި އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަން އޮފިސަރެއްގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޭރުނު މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ބެރުގޭ، މުހައްމަދު ނަވީނެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި ފޭރުމާއި އެފަދަ ގިނަ މައްސަލަތަކެއްގެ ރިކޯޑް އޭނާގެ އޮވެއެވެ.

ނަވީން މި ފަހަރު ހައްޔަރުކޮށްފައިވަނީ ފޭރުމުގެ މައްސަލައެއްގައެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުންވަނީ 15 ދުވަސް ޖަހައިފައެވެ.

އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން، ބިދޭސީން އުޅޭ ގެޔަކަށް ވަދެ އެ ތަނުގައި އުޅޭ ބަނގްލަދޭޝް މީހެއްގެ އަތުން ފޯނާއި، 9،000 ރުފިޔާ ފޭރުނު މައްސަލައައަކީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ހިނގި މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން ނަވީން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް އޭރުގެ ރިޕޯޓްތަކުން ދައްކައެވެ.

އޭގެ ފަހުން މާލޭގެ ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނަގައިގެން ވެސް އޭނާ ހައްޔަރުކުރިއެވެ. އެ މައްސަލައިގައި ވެސް 15 ދުވަހަށް އޭރު ބަންދު ކުރިއެވެ.

ރިކޯޑްތަކުން ދައްކާ ގޮތުގައި މިދިޔަ މޭ މަހު ވެސް މި ފަދަ މައްސަލައެއްގައި ނަވީން ހައްޔަރުކޮށްފައިވެއެވެ. އޭނާއަކީ ބަންދު ރިކޯޑް ގިނަ މީހެއްކަން ބަންދު އަމުރުގައި ވެސް ފާހަގަކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ރެކޯޑްތައް ދައްކާ ގޮތުން، ސައިކަލެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2023 ވަނަ އަހަރު، ނަވީންއާ ދެކޮޅަށް ކޯޓަށް ހުށަހެޅުނެވެ. އެކަމަކު، އެ މައްސަލައިގައި ޝަރީއަތުގައި ނަވީންވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތަށް އިންކާރުކޮށްފައެވެ. އެ މައްސަލަ ނިމުނީ ސައިކަލު ވަގަށް ނެގި ކަމަށް އޭނާގެ މައްޗަށް ސާބިތުނުވެއެވެ.

comment ކޮމެންޓް