ސެންޓޭގެ ހެޓްރިކާއެކު އޮޑި ބަލިކޮށް ނިއު ސެމީއަށް

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސެންޓޭ -- ފޮޓޯ: ނިއުރޭޑިއަންޓް

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި އޮޑި ސްޕޯޓްސްއާ ބައްދަލުކޮށް 4-0 އިން މެޗު ކާމިޔާބުކޮށް ނިއު ރޭޑިއަންޓް ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މި މެޗުގައި އަލީ ފާސިރު ހެޓްރިކް ހެދިއިރު، ފަހު ލަނޑު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އަލް ހާޖީ ގޭރޯއެވެ. މިއީ މި ސީޒަނުގައި އޮޑި ސްޕޯޓްސްގެ މައްޗަށް ނިއު ރޭޑިއަންޓް ކުރި ހޯދި ފުރަތަމަ ފަހަރެވެ. ސެމީ ފައިނަލުގައި ނިއު ރޭޑިއަންޓް ނުކުންނާނީ ކްލަބް އީގަލްސް ބަލިކުރި ބްލޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

  • އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ނިއު ރޭޑިއަންޓުން އޮޑި ސްޕޯޓްސް 4-0 އިން ބަލިކުރުން.
  • އަލީ ފާސިރު (ސެންޓޭ) މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކުރުން.
  • މިއީ މި ސީޒަނުގައި އޮޑި ސްޕޯޓްސް އަތުން ނިއު ރޭޑިއަންޓް މޮޅުވި ފުރަތަމަ މެޗު.
  • ސެމީ ފައިނަލުގައި ނިއު ރޭޑިއަންޓް ވާދަކުރާނީ ބްލޫ ސްޕޯޓްސް ކްލަބާއެކު.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި، އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ހެޓްރިކާއެކު 4-0 އިން އޮޑި ސްޕޯޓްސް ބަލިކޮށް ނިއު ރޭޑިއަންޓް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ އޮޑި ސްޕޯޓްސް އަތުން ނިއުއަށް ލިބުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން ލީގާއި ޕްރެޒިޑެންޓްސް ކަޕްގައި މި ދެޓީމު ބައްދަލުކުރި ތިން މެޗުގައި ވެސް ނިއުއަށް އޮޑި ބަލިކުރެވިފައެއް ނުވެއެވެ

2017 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި ފަހުން ނިއު އިން އެފްއޭ ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރު، އެޓީމުން ދެއްކީ ތަފާތު މޮޅު ކުޅުމެކެވެ.

​މެޗުގެ 61 ވަނަ މިނިޓްގައި ސެންޓޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ނިއުގެ ހަތަރުވަނަ ލަނޑު މެޗުގެ ފަހުކޮޅު ޖަހައިދިނީ ނައިޖީރިއާގެ ފޯވާޑް އަލް ހާޖީ ގޭރޯ އެވެ. މީގެ އިތުރުން މެޗުގެ ފަހު 20 މިނިޓަށް ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އެރުވުމަކީ ނިއުގެ ސަޕޯޓަރުންނަށް ލިބުނު އިތުރު އުފަލެކެވެ.

​ސެމީ ފައިނަލުގައި ނިއު ރޭޑިއަންޓް ބައްދަލުކުރާނީ ބްލޫ ސްޕޯޓްސް ކްލަބާއެވެ.

ބްލޫސް އިން ސެމީގެ ޖާގައެއް ކަށަވަރުކުރީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސްއާ ބައްދަލުކޮށް، ވާދަވެރި ކުޅުމަކަށްފަހު ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު