ފެނަކަ އެމްޑީކަމުން ނަޖާހް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް: އޮޑިޓާ ގުޅިގެން އިސްލާހީ ފިޔަވަޅުތައް އަޅަން ފަށައިފި ކަމަށް ފެނަކައިން ބުނޭ --- ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަމާއި ބޯޑު މެންބަރުކަމުގެ މަޤާމުގައި ހުންނެވި ރިޓަޔަރޑް މުޙައްމަދު ނަޖާޙް އެ މަޤާމުތަކުން މިއަދުގެ ވަގުތެއްގައި ވަކިކޮށްފައިވާކަން ވަނީ އިޢުލާންކޮށްފައެވެ. މިކަމާ ގުޅޭ އިތުރު ތަފްޞީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިއީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.

  • ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ކަމުން މުޙައްމަދު ނަޖާޙް ވަކިކުރުން.
  • ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަޤާމުން ވެސް އޭނާ ދުރުކުރުން.
  • މަޤާމުން ވަކިކުރީ މިއަދުގެ ވަގުތެއްގައިކަން އިޢުލާންކުރުން.
  • މިކަމާ ގުޅޭ އިތުރު ތަފްޞީލުތައް ކުރިއަށް އޮތް ތާނގައި ހާމަކުރާނެކަން.

އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުތަކުން ސިޔާސީ ބޭނުމަށް ކުޅުން އާންމު ކުންފުންޏެެެއްގެ ގޮތުގައި ސިފަކުރަމުން އަންނަ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން މުޙައްމަދު ނަޖާޙް މިއަދުން ފެށިގެން ވަކިކޮށްފިއެވެ.

ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ނަޖާހު ވަކިކުރިކަން ހާމަކޮށްފައެވެ. ނަމަވެސް މި ކުއްލި ނިންމުން ނިންމީ ކޮން ސަބަބަކާހުރެ ކަން ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީކަމުގެ މަގާމަށް ނަޖާހު އައްޔަންކުރީ 2024ވަނަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހެވެ. އޭގެ ކުރިން އޭނާ ހުންނެވީ، ހެޕީ މާކެޓުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ. ނަޖާހަކީ މި ސަރުކާރުގައި ފެނަކައަށް އައްޔަންކުރި ދެވަނަ އެމްޑީއެވެ.

އޭގެކުރިން އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ފުރަތަމަ ހުންނެވި މުއާޒު މުޙައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.

މުއާޒު އިސްތިއުފާ ދެއްވައި އާންމު ކުރެއްވި ސިޓީގައި ވަނީ ފެނަކައިގެ މާލީ ހާލަތު އޮތް ގޮތުން، ލިބޭ އާމްދަނީއިން ނުހިންގޭ ކަމަށް ވިދާޅުވެފައެވެ. އަދި އިސްތިއުފާ ދެއްވި ސަބަބުތަކުގެ ތެރޭގައި ކުންފުންޏަށް ބޭނުންވާ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުމާއި ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކޮށް، ކުންފުންޏަށް ކަތާވަރަށް ހިންގުން ބަދަލުކުރުމަށް އިދާރާތަކުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށް މަދު ދުވަސްތަކަކަށް ވެފައި ވަނިކޮށް ވެސް ވަޒީފާއަށް ހުޅުވައިލި ކުންފުނިތަކުގެ ތެރޭ ފެނަކަ ހިމެނެއެވެ. އަދި މިއީ ވެސް ވަރަށް ބޮޑަށް މާލީ ހާލަތު ދަށް ކުންފުންޏެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

https://sun.mv/214368

މީގެ ހަތަރު މަސް ކުރިން ނަޖާހު ވިދާޅުވީ ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނަށް ވެފައިވާ އިހުމާލުގެ ސަބަބުން މި ސަރުކާރު އައިސް ދެއަހަރުވީއިރު ވެސް އޭނާއަށް އެ ކުންފުނި ހަމައަކަށް ނޭޅުވުނު ކަމަށެވެ.

comment ކޮމެންޓް