އެމްޑީޕީ ވިލިނގިލި ދާއިރާ ނައިބު ރައީސް ޕާޓީއާ ދެކޮޅަށް މަސައްކަތްކުރާކަމަށް ބުނެ އެކަހެރިކޮށްފި

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ: --- ފޮޓޯ: އެމްޑީޕީ

އެމްޑީޕީ ވިލިނގިލި ދާއިރާގެ ނައިބު ރައީސް އަމީޒް ހަސަން، ޕާޓީގެ ރަސްމީ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތްކުރާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، އޭނާ ވަގުތީގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުންނާއި ޕާޓީގެ ހަރަކާތްތަކުން އެކަހެރިކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ. މިއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަދި ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރި ކަމުގެ ތުހުމަތުގައި އެޅި ފިޔަވަޅެކެވެ. މި މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން ވަނީ މަނާކޮށްފައެވެ.

  • އެމްޑީޕީ ވިލިނގިލި ދާއިރާގެ ނައިބު ރައީސް އަމީޒް ހަސަން މަގާމުން ވަގުތީގޮތުން އެކަހެރިކުރުން.
  • ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތްކުރިކަމުގެ މައްސަލަ ހުށަހެޅުން.
  • މައްސަލައިގެ ތަހުގީގު ނިމެންދެން ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރުން.
  • ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވިކަމުގެ ތުހުމަތު ތަހުގީގުކުރުން.

އެމްޑީޕީ ވިލިނގިލި ދާއިރާގެ ނައިބު ރައީސް އަމީޒް ހަސަން، އެ ޕާޓީގެ މަގާމުގެ މަސްއޫލިއްޔަތުތަކުންނާއި ޕާޓީގެ ހަރަކާތްތަކުން ވަގުތީގޮތުން އެކަހެރިކުރުމަށް އެމްޑީޕީން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދު އޮތް އެ ޕާޓީގެ ބައްދަލުވުމެއްގައެވެ. އަމީޒް ހަސަންއާ މެދު މި ފިޔަވަޅު އަޅަން ނިންމީ، އެމްޑީޕީގެ ރަސްމީ ކެންޑިޑޭޓުންނާ ދެކޮޅަށް ވިލިނގިލި ދާއިރާގައި އޭނާ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެނ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، އަމީޒް ހަސަންއާ ގުޅޭގޮތުން ހުށަހެޅިފައިވާ މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށްދަމުންނެވެ. އެހެންކަމުން، އެ މައްސަލައާ މެދު ވަކި ގޮތެއް ނިމެންދެން، ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމާއި މަގާމުގެ ޒިންމާތައް އަދާކުރުން އޭނާއަށް ވަނީ މަނާކުރެވިފައެވެ.

މި މައްސަލައަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް، ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރުމުގެ ތުހުމަތުގައި ބަލަމުންދާ މައްސަލައެއް ކަމަށްވެސް އެ ޕާޓީން މައުލޫމާތު ދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު